ޕޯލިން މޫނުބުރުގާއަޅައިގެން އޮސްޓްރޭލިއާގެ ޕާލަމެންޓަށް ވަނުމުން ގިނަ ބައަކު ސިހިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޕޯލިން މޫނުބުރުގާއަޅައިގެން އޮސްޓްރޭލިއާގެ ޕާލަމެންޓަށް ވަނުމުން ގިނަ ބައަކު ސިހިއްޖެ
އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ ރައީސާ ޕޯލިން ހެންސަން މޫނު ބުރުގާ އަޅައިގެން ރައްޔިތުންގެ މަޖިލީހަށް ވަނުމުން ގިނަބައަކަށް ސިހުން ލިބިއްޖެއެވެ. ޕޯލިން އަކީ މުސްލިމެއް ކަމަށް ކުރާ ތުހުމަތުތައް ރަސްމީކޮށް ތެދުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ޕޯލިން އަކީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އަދި މުސްލިމުންގެ ހައްޤުތަކަށް ވަކާލާތުކުރާ އަންހެނެކެވެ.

ސިޔާސީ މަތީ މަޤާމުތަކެއް ފުރާފައިވާ އަދި ކުރިންވެސް ޕާލަމެންޓުގެ މެންބަރުކަން ކޮށްފައިވާ ޕޯލިން މޫނު ބުރުގާއަޅައިގެން މަޖިލީހަށް ވަނީ އޮސްޓްރޭލިއާގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގައެވެ.

ޕޯލިން މޫނު ބުރުގާ އަޅައގެން މަޖިލީހުގެ ތެރެއަށް ވަނުމުން ބައެއް މެންބަރުން ބުނީ އޭނާ އެގޮތަށް ވަނަދިނީ އޭނާއަކީ މުސްލިމަކަށް ނުވާތީ ކަމަށެވެ. ޖަވާބުގައި ޕޯލިން ވަނީ މައްސަލައަކަށްވަނީ މުސްލިމަކަށްވުން ކަމަށްވާނަމަ އެއީ މޫނުބުރުގާ އާއި ގުޅުންހުރި ކަމެއް ނޫންކަން އެނގިއްޖެ ކަމަށް ބުނެފައެވެ.
މިއަދު އޮންލައިން