ސިޔާސީ މައިދާން ދޫކޮށް ހަލާލު އާމްދަނީ ހޯދަން ޝާރުޖާގެ ބިޔުޓިޝަނަކަށް ބަދަލުވި ސުނީތާ ކާރުން ވެއްޓި މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސިޔާސީ މައިދާން ދޫކޮށް ހަލާލު އާމްދަނީ ހޯދަން ޝާރުޖާގެ ބިޔުޓިޝަނަކަށް ބަދަލުވި ސުނީތާ ކާރުން ވެއްޓި މަރުވެއްޖެ!
ބީޖޭޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރުމަށްފަހު އިންޑިއާގެ ސިޔާސީ މައިދާން ދޫކޮށް ޝާރުޖާގެ ބިޔުޓިޝަނަކަށް ބަދަލުވި އުމުރުން 40 އަހަރުގެ ސުނީތާ ޕްރަސާންތް ކާރުން ވެއްޓި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެކުނު އިންޑިއާގެ ކެރަލާގެ އަވަށަކަށް ނިޞްބަތްވާ ސުނީތާ ކާރުން ވެއްޓުނީ 4 އެކުވެރިއަކާއިއެކު ދުއްވަނިކޮށެވެ. ކަންދިމާވިގޮތުން ވެށްޓުމާއިއަކު އޭނާގެ ބޯ ވަނީ މަގުމަތީގައި ހުރި ކަރަންޓު ހޮޅިދނޑިއެއްގައި ޖެހިފައެވެ.

ސުނީތާ އަކީ ވިދަމުން އައި ސިޔަސީ ތަރިއެއް ނަމަވެސް ސިޔާސީ ހަޔާތްދޫކޮށް ޝާރުޖާއަށް ބަދަލުވީ ސިޔާސީ މަސައްކަތުގައި އުޅުމުން ހަލާލު ގޮތުގައި ލިބޭ ފައިސާ މަދުކަމުން ޢާއިލާއަށް ޚަރަދުކުރަން ހަލާލު ގޮތުގައި ފައިސާ ހޯދުމަށެވެ.

ސުނީތާގެ ދެ ދަރިން އެބަތިއްބެވެ. 17 އަހަރުގެ ދަރިއަކާއި 14 އަހަރުގެ ދަރިއެކެވެ. ފިރިމީހާވެސް ޗުއްޓީއަކަށް އައިސް މިވަގުތު ހުރީ ޝާރުޖާގައެވެ.
މިއަދު އޮންލައިން