ޤަތަރުގެ ހައްޖުވެރިންނަށް ސައުދިއަރަބިޔާއިން މަރުހަބާކިޔަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޤަތަރުގެ ހައްޖުވެރިންނަށް ސައުދިއަރަބިޔާއިން މަރުހަބާކިޔަން ފަށައިފި
ޤަތަރުން މިއަހަރު ހައްޖަށް ދާ ޙައްޖުވެރިންނަށް ސައުދިއަރަބިޔާއިން މަރުހަބާ ކިޔަން ފަށައިފިއެވެ. ޤަތަރުގެ ހައްޖުވެރިންގެ ފުރަތަމަ ޖަމާއަތް ގޮސްފައިވަނީ އެއްގަމު މަގުންނެވެ. އެޖަމާއަތުގައި ހިމެނީ 100 މީހުންނެވެ.

ޤަތަރުގެ ހައްޖުވެރިން ހައްޖަށް ދިއުމުގެ ފުރުޞަތު ސައުދިއަރަބިޔާއިން ދީފައިވަނީ ހައްޖުވުމުގެ ވިސާ އާއި ނުލައެވެ. އެހެންކަމުން ޤަތަރުން މިއަހަރު ހައްޖަށްދާ 2300 މީހުން އިބެން ހަމަޖެހިފައިވަނީ އެމީހުންނަށް ޚާއްޞަކޮށްގެން ހަދާ ކޭމްޕްތަކެއްގައެވެ. އެމީހުންގެ ހުރިހާ ޚަރަދެއް ބަލަހައްޓަވާނީ ސަލްމާން ރަސްގެފާނެވެ. ސައުދިއަރަބިޔާގައި ކުރަންޖެހޭ ޚަރަދުތަކުގެ އިތުރުން ޤަތަރުގެ ހައްޖުވެރިން ވައިގެމަގުން ސައުދިއަރަބިޔާއަށް ދިއުމުގެ ހުރިހާ ޚރަަދުތަކެއްވެސް ކޮށްދެއްވާނީ ސަލްމާން ރަސްގެފާނެވެ.

ޤަތަރާއި ސައުދިއަރަބިޔާގެ މެދުގައި ގުޅުންތައް ކަނޑާލައި ދަތުރުތައް ކުރުން ހުއްޓާލާފައިވީނަމަވެސް ސަލްމާން ރަސްގެފާނު ވަނީ ޤަތަރުގެ ހައްޖުވެރިންނަށް ފުރުޞަތުތައް ހުޅުއްވައިލައްވާފައެވެ.
މިއަދު އޮންލައިން