ޤުދުސްގައި އިމާމްވެ ހުކުރު ކުރެއްވި ދީނީ އިލްމުވެރިޔާ ބަންދުކޮށް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތު ޖަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޤުދުސްގައި އިމާމްވެ ހުކުރު ކުރެއްވި ދީނީ އިލްމުވެރިޔާ ބަންދުކޮށް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތު ޖަހައިފި
ޤުދުސްގައި އިމާމްވެ ހުކުރު ކުރެއްވި ދީނީ އިލްމުވެރިޔާ ބަންދުކޮށް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތު ޖަހައިފިއެވެ.

ދިނީ އިލްމުވެރިޔާ ރާއިދް ޞާލިޙް ހައްޔަރުކޮށްފައިވަނީ މިދިއަ މަހު ޔަހޫދީ ފުލުހުން މަސްޖިދުލްއަޤްޞާ ބަންދުކުރުމުން ހާމަތަނެއްގައި މުސްލިމުންނާއިއެކު ހުކުރުކުރައްވައި ޚުޠުބާ ވިދާޅުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި މިދިއަ އަންގާރަ ދުވަހުއެވެ.

ރާއިދުގެ ޔަހޫދީ ފުލުހުން ހުށަހަޅާފައިވާ ދެ ކުށަކީ ބޮޑު ޖަމާއަތެއްގައި ޚުޠުބާ ވިދާޅުވުމާއި އެދުވަހު ޔަހޫދީން އަމިއްލައަށް ބަޑިޖަހައި މަރައިލި 2 ޔަހޫދީ ފުލުހުންގެ ވާހަކަ އެ ޚުޠުބާގައި ވިދާޅުވުމެވެ.

ކޯޓުގައި މުއްދަތު ޖެހި ޝަރީއަތުގައި ރާއިދު ވިދާޅުވީ ޔަހޫދީ ޖަލު ގާޑުން މިހާރުވެސް ގެންދަނީ އޭނާއަށް އަނިޔާކުރަމުން ކަމަށާއި އޭނާއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފިނަމަ އެކަންވާނީ ބޮޑުވަޒީރު ނަތަޔާންހޫ ގެ ދެއަތުން އޭނާއަށް ކުރި ކަމަށް ކަމަށެވެ.

ރާއިދު ކޯޓަށް ހާޒިރުކުރުމުން ގިނަ އަދަދެއްގެ މުސްލިމުން ވަނީ ކޯޓު ކައިރީގައި ރާއިދު މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލައިފައެވެ.
މިއަދު އޮންލައިން