ވީޑިއޯގައި ބުނެފައިވަނީ މިހާދިސާއަކީ ޝައިޚް މުޙައްމަދު ބިން އަހްމަދު އަލްޤުސްރީގެ އަރިހުން އެނގިފައިވާ ކަމެއް ކަމަށެވެ. އިސްތަންބޫލުގެ ގަވަރުނަރަކު ވަޅުލަން ކައްވަޅު ކޮނެ ނިންމާފައި ޤަބުރު ތިރިކުރަން ބަލައިލިއިރު ކައްވަޅުގައި ދުވެދުވެ އޮތީ ކަޅުކަން ގަދަ ކަޅު ހަރުފައެކެވެ.
އެމީހުން އެ ކައްވަޅު ދޫކޮށް 2 ވަނަ ކައްވަޅުވެސް ކޮނުނެވެ. 3 ވަނަ ކައްވަޅުވެސް ކޮނުނެވެ. 30 ވަނަ ކައްވަޅު ކޮނެފައި ޤަބުރު ތިރިކުރަން ބަލައިލިއިރުވެސް ހަމަ އެ ހަރުފަ އޮތީ ދުވެދުވެއެވެ.
އެމީހުން ގޮތް ހުސްވެގެން ގޮސް ދީނީ ޢިލްމުވެރިއެއްގެ ލަފައަކަށް އެދި ދެންނެވުމުން ވިދާޅުވިއެވެ. "އޭނާ ވަޅުލާށެވެ. ދެން އޮތްބައި މާތް ﷲ އަށް ވަކީލުކުރާށެވެ!"
ކިތަންމެ ގިނަ ކައްވަޅެއްވެސް ކޮނެވިދާނެއެވެ. ނަމަވެސް މާތްﷲ ދެއްވަވަންހުރި އަޒާބަކުން ސަލާމަތެއް ނުވެވޭނެއެވެ. ﷲ ގެ އަޒާބުން ސަލާމަތްވެވޭނީ ދުނިޔޭގައި އެމީހަކު އަމަލުކުރި ގޮތެއްގެ މައްޗަށެވެ. މިފަދަ ކަންކަން މާތްﷲ ދައްކަވަނީ ދިރިތިބީންނަށް ޢިބްރަތަކަށެވެ.
ވީޑިއޯގައި ބުނެފައިވަނީ މިއީ ޙަޤީޤީ ހާދިސާއެއް ކަމަށެވެ.
ގުޅުންހުރި ވީޑިއޯ: