ސްޕޭއިންގެ ބާސެލޯނާގައި ވޭނަކުން ޖައްސައި ގިނަ ބައަކު މަރާފައިވާ ހާދިސާގެ ޒިންމާ އައިއެސްއިން އުފުލައިފިއެވެ.
ރޭ މިހާދިސާ ހިނގި ވަގުތުގައިވެސް 14 މީހަކު ވަނީ މަރުވެފައެވެ. އެއިގެ ފަހުން އިތުރު އެކަކު ވަނީ މަރުވެފައެވެ. 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު މަރުވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ވަނީ ބެލެވިފައެވެ.
ފުލުހުން ބުނީ ހާދިސާ ހިންގި ކަމަށް ޝައްކުކުރެވޭ 4 މީހަކު މަރާލެވިފައިވާ ކަމަށާއި އިތުރު މީހުން ހޯދަމުން ގެންދާ ކަމަށެވެ. ހަމަލާ ދީފައިވަނީ ގިނަ ބައެއްގެ ތެރެއަށް ބާރު ސްޕީޑުގައި ވޭނެއް ވައްދާލައިގެންނެވެ.