ދެކުނު އޭސިއާއަށް ކުރަމުންދާ ވިއްސާރައިގާ 16 މިލިއަން މީހުންނަށް ގެއްލުންވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދެކުނު އޭސިއާއަށް ކުރަމުންދާ ވިއްސާރައިގާ 16 މިލިއަން މީހުންނަށް ގެއްލުންވެއްޖެ
ދެކުނު އޭސިއާގެ ބައެއް ޤައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 16 މިލިއަން މީހުންނަށް ގެއްލުން ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންމެ ގިނަ ބައަކަށް ގެއްލުންވެފައިވަނީ ޭޕާލް އާއި އިންޑިއާ އަދި ޕާކިސްތާނުގައެވެ.

ޤައުމުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާއިރު މިހާރުވެސް އެތައް މިލިއަން މީހުން ވަނީ ހައިހޫނުކަމުގައެވެ.

ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މިއީ މޫސުމީ ވިއްސާރައެއް ކަމަށާއި ނަމަވެސް މިއީ ފަހުގެ ތާރީޚުގައި މިފަދަ ވިއްސާރައެއްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުން އަންނަ ވިއްސާރަ ކަމަށެވެ.

މިވިއްސާރައިގައި މިހައިތަނަށް މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު އިންޑިއާ އިން 239 މީހުން، ނޭޕާލުން 128 މީހުން އަދި ބަންގްލަދޭޝް އިން 39 މީހުން ވަނީ މަރުވެފައެވެ. ނޭޕާލާއި ބަންގްލަދޭޝްއަށް ބަލާއިރު ޤައުމުގެ ތިންބައިކުޅަ އެއް ބައަށް އަސަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ވިއްސާރައެއްގެ ސަބަބުން ދަނޑުވެރިކަމަށް ވަރަށް ބޮޑެތި އަސަރުތައް ކުރާނެއެވެ. އެހެންކަމުން ކާބޯތަކެތި ލިބުމުގައާއި އަގުތައް އުފުލުމުގެ މައްސަލަތައް އިތުރުވެގެންދާނެއެވެ.
މިއަދު އޮންލައިން