އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފިއެވެ.
ނިއު އިން މި މެޗު ކާމިޔާބުކުރީ ގްރީން ސްޓްރީޓާއި ބައްދަލުކޮށް އެއްލަނޑު ސުންލަނޑުންނެވެ.
މި މެޗުގެ ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި ޖަހައިދިނީ ޢަލީ އަޝްފާގް (ދަގަނޑޭ)އެވެ.
ވެހެމުންދިޔަ ވާރޭގައި ކުޅުނު މި މެޗުގެ ފަހު ހާފުގައި ގްރީން ސްޓްރީޓަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ... މި މޮޅާއެކު ނިއު އަށްވަނީ 6ޕޮއިންޓ ލިބިފައެވެ.