ސައުދިއަރަބިޔާގައި ތިބި ތަނަވަސްކަން ކުޑަ 200 ޒުވާނުންނަށް ޚާއްޞަކޮށްގެން ކައިވެނީގެ ހަފްލާއަކަށް ތައްޔާރުވާން ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ އެހީތެރިކަމާއިއެކުގައެވެ.
މިޕްރޮގްރާމްގެދަށުން ކައިވެނިކުރެވޭ ޒުވާނުން ދިރިއުޅުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައކަތްތައް މިހާރުވަނީ ފަށައިފައެވެ.
ސައުދީގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގެދަށުން ކއިވެނިކުރެވޭ ޒުވާނުންނަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ކައިވެންޏަށްފަހު ދިރިއުޅޭނެ ތަނަކާއި އާމްދަނީ ހޯދަން މަސައްކަތްކުރަން ބޭނުންވާނެ ފައިސާ ދިނުމާއި ދިއރިއުޅުމުގައި ބޭނުންވާނެ އަސާސީ ތަކެތި ހަދިޔާކުރުން ފަދަ ކަންކަން ކުރެއެވެ.
މިފަދަ ޕްރޮގްރާމްތަކަށް އަމިއްލަ ކުންފުނިތަކުންވެސް ވަރަށް ބޮޑަށް އެހީތެރިވެ ފައިސާ އާއި ތަކެތި ހަދިޔާ ކުރެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ކައިވެނިކުރާ ޒުވާނުންގެ ކައިވެނީގެ ހަޔާތް ކާމިޔާބުކަމަށް ދިރާސާތަކުން ދައްކައެވެ.