މިއަަހަރުގެ ހައްޖު މޫސުމަށް ޚާއްޞަކޮށްގެން ދަތުުރުތައް ކުރުމަށް ހައްޖުވެރިންގެ ޚިދުމަތުގައި ސަލާމަތީ ގޮތުން ރައްކައުތެރި ފިޔަވަލުތައް އެޅިފައިވާ 3000 ވެހިކަލާއި ތަމްރީނު ކުރެވިފައިވާ 17،000 ވެހިކަލް ނެރަފައިވާ ކަމަށް ސައުދިއަރަބިޔާ އިން ބުނެފިއެވެ.
ސިވިލް ޑިފެންސްގެ އިސްވެރިއެއްގެ ގޮތުން ހުންނެވި މޭޖަރ ޖެނެރަލް ހައްމާދު އަލް މުބައްދިލް ވިދާޅުވީ ދަތުރުތަކުގެ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ 32 އިދާރާއެއް ގުޅިގެން ކމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކައުތެރިކަމަށް ކަމަށެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ވެހިކަލްތައް ތޮއްޖެހުމާއި ނުރައްކާތެރި ހާލަތުތައް މިނާގައި ކުރިމަތިވެފައިވާތީ އެފަދަ ކަމެއް މެދުވެރިވިއަ ނުދިއުމަށް މިއަަހަރު މިނާގައިވެސް ވަނީ އިތުރު ފިޔަވަޅުތައް އަޅައިފައެވެ. "އުޅަނދުތައް ފަސޭހަކަމާއިއެކު ދާންޖެހޭ އަމާޒަށް ސީދާ ދެވޭނެ ގޮތް ހަދައިދިނުމަށްޓަކައި ވެހިކަލްތަކުގައި ހުންނާނީ ޑިޖިޓަލް ޗާޓްވެސް ހަރުކޮށްފައި އެހެންވީމާ ބޭކާރު ސަރަހައްދުަތކުގައި ދުއްންޖެހުން ވެސް މަދުވެގެންދާނެ."
ހައްޖަކީ ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް އެންމެ ގިނަ ބައަކު އެއްފަހަރާ އެއްތަނަކަށް ޖަމާވަނީ ހައްޖުގައެވެ. މާތްﷲގެ ވާގިފުޅާއިއެކު ކޮންމެ އަހަރަކުވެސް ދަނީ ހައްޖަށް ދާ މީހުންގެ އަދަދު އިތުރުވމުންނެވެ. އެހެންކަމުން ހައްޖަށް ދާ މީހުންނަށް އިންތިޒާމުތައް އިންތިޒާމުތައް ފުރިހަމަކުރަން ކުރާ މަސައްކަތްތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.