ޑްރޯން އުދުއްސައިގެން ޑްރޯން މެދުވެރިކޮށް އެމެރިކާއަށް މަސްތުވާ ބޭސް އެތެރެކުރާ މީހަކު އަތުލައިގެންފިއެވެ.
މަސްތުވާ ބޭހުގެ ބާވަތެއް ކަމަށްވާ "މެތަމްފެޓަމައިން" ގެ 6.1 ކިލޯ އެމެރިކާގެ ސެންޑިއޭގޯ އަށް އެތެރެކުރި މައްސަލައެއްގައި އަތުލައިގެންފައިވަނީ ޖޯޖް އެޑްވިން ރިއޭގޯ ބުނީ މިއަހަރުގެ މާރޗް މަހުން ފެށިގެން 6 ފަހަރެއްގެމަތިން ޑްރޯން މެދުވެރިކޮށް މެކްސިކޯއޯން މަސްތުވާ ތަފާތު ބާވަތްތައް އެމެރިކާއަށް އެތެރެކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ކަމާއިބެހޭ އިދާރާތަކަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ. ބޯޑަރު އިންތިހާއަށް ޗެކުކުރަމުން ގެންދަނިކޮށް މިފަދަ އުކުޅެއް ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރުމުންނެވެ.
ޑްރޯން އުދުހޭއިރު އަޑެއްވެސް އިވެއެވެ. އަދި އެންމެންނަށް ފެނެއެވެ. މީނާ މިކަން ކުރަމުން އައި އިރު ސަލާމަތީ ސިފައިންގެ ސަމާލުކަމަށް އެކަން ނުގެނެވި އޮތުމަކީ ފެއިލްވުމެއް ކަމަށް ދައުލަތުގެ އެޓަރނީ ވަނީ ބުނެފައެވެ.