ދިރާގު ޕްރީސްކޫލް ފުޓްބޯލް ފެސްޓިވަލް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
ދިރާގު ޕްރީސްކޫލް ފުޓްބޯލް ފެސްޓިވަލް ފަށައިފި
ދިރާގާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ބާއްވާމުން އަންނަ ދިރާގު ޕްރީސްކޫލް ފުޓްބޯލް ފެސްޓިވަލް ހެނދުނު ފަށައިފިއެވެ.

މިއީ ޕްރީ ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ވިދިވިދިގެން ބާއްވާ 7 ވަނަ އަހަރެވެ.

ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު 16:30 ގައި އޮންނާނެއެވެ.

މި އަހަރުގެ މުބާރާތުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭހެން 15 ސްކޫލަކުން ބައިވެރިވެފައިވާއިރު 270 އެއްހާ ކުޑަކުދިން ވާދަކުރެއެވެ.

ގްރޫޕް 'އޭ' ގައި ވާދަކުރަނީ އެކްސެލް އިންޓަރނޭޝަނަލް ޕްރީސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީސްކޫލް އަދި ޝައިން ލާނަރސް ޕްރީ ސްކޫލެވެ.

ގްރޫޕް 'ބީ' ގައި އަމީރު އަހުމަދު ޕްރީ ސްކޫލާއި ކިންޑަރ ޕްރީ ސްކޫލާއި މާފަންނު މަދަރުސާ، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަދި ގްރޫޕް 'ސީ' ގައި ހިމެނެނީ ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލް، ރެހެންދި ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ.

މުބާރާތުގެ ގްރޫޕް 'ޑީ' ގައި 3 ވާދަކުރަނީ 3 ޓީމެވެ. އެއީ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ އަދި ދޮންދޫނި ޕްރީ ސްކޫލެވެ.

ކުޑަކުދިން ކުރިއެރުވުމާއި އެކުދިން އެކަކު އަކެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެކެވެ. އަދި މިކަމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއްވެސް މީގެ ކުރިން ހިންގާފައެވެ.

މި މުބާރާތަކީވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެކެވެ. ނުވަތަ ޓީމް ސްޕިރިޓް ހެދިބޮޑުވުމާއި ކުޑަކުދިން ހިމާޔަތްކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ ކަމެކެވެ.
މިއަދު އޮންލައިން