އެމެރިކާގެ ޓެކްސަސްގެ ގެއެއްގައި ކުއްޖާ ބެލެހެއްޓުމުގެ ވަޒީފާގައި ހުރި އަންހެނަކު ގަދަކަމުން އޭނާ ބަލަހައްޓަމުން ގެންދިއަ 4 އަހަރުގެ ފިރިހެން ކުއްޖަކާއި ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ބަންދުކޮށްފިއެވެ.
މައްސަލަ ފެންމަތިވީ އާދައިގެމަތިން ކުއްޖާގެ މަންމަ ވަޒީފާއަށް ގޮސްފައި އެނބުރި އައިއިރު ކުއްޖާގެ ގުނަވަނުގައި ތަފާތުތަކެއް ހުރުމުންނެވެ. މައިމީހާއަށް ޝައްކުވެގެން ފުލުހުންނާއި ގުޅައިގެން ގެނެސް ކުއްޖާ އާއި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޗެކުކުރުމުން ވަނީ ކަން ހިނގިގޮތް އެނގިފައެވެ.
މިއީ އެމެރިކާގައި ހިނގި ކަމެއް ނަމަވެސް ރާއްޖެ އޮތީ ކޮންހާލަތެއްގައި ކަން ވިސްނައިލުން ރަނގަޅެވެ. ދަރިންގެ ހުރިހާ ކަމެއް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށް ގިނަ ބައަކު ތިބުމުންނެވެ.