ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ބޭސްފަރުވާއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެނބުރު ޤައުމަށް މިއަދު ވަޑައިގަންނަވާނެއެވެ.
ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައް ކުރިއަށްގެންގޮސްފައިވަނީ ލަންޑަންގައެވެ. އަދި ނައިޖީރިއާގެ ވެރިރަށް އަބޫޖާއަށް މިއަދު ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އަންނަ ހޯމަ ދުވަހު ހެނދުނު 07:00 ގައި ޤައުމާއި މުޚާތަބު ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މެއި މަހުން ފެށިގެން އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަންފައިވާތީ، ޤައުމުގެ ކަންތައް ބަލަހައްޓަވަމުން ގެންދަވަނީ ނައިބު ރައީސް ޔެމީ އޮސިންބަޖޯގެ ބެއްލެވުމުގެ ދަށުންނެވެ.