އިނގިރޭސި ޓީވީ ތަރި ލައިލާ ބާސެލޯނާގަ ވޭނުން ޖައްސާ މީހުން މެރިވަގުތު އޮތީ ފިލަން ފްރީޒަރެއްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އިނގިރޭސި ޓީވީ ތަރި ލައިލާ ބާސެލޯނާގަ ވޭނުން ޖައްސާ މީހުން މެރިވަގުތު އޮތީ ފިލަން ފްރީޒަރެއްގަ!
ބާސެލޯނާގެ ވޭނަކުން ޖައްސައި 14 މީހުން މަރާލި ވަގުތު އިނގިރޭސި ޓީވީ ތަރި ލައިލާ އޮތީ ކެފޭއެއްގެ ފްރީޒަރަށް އެރިއެވެ.

މޮރޮއްކޯގެ ފިރިހެނަކަށާއި އިންޑިއާގެ އަންހެނަކަށް ލިބިފއިވާ އުމުރުން 46 އަހަރުގެ ލައިލާ ބުނީ އެކަންކުރިިއިރު އޭނާ އިނީ އެ ސަރަހައްދުގައި ހުރި ކެފޭއެއްގައި ކަމަށެވެ. ލައިލާ ބާސެލޯނާއަށް ގޮސް އުޅެނީ 10 އަހަރުގެ ދަރފުޅާއިއެކު ޗުއްޓީއަކަށެވެ.

ލައިލާ ބުނީ އެވަގުތު އޭނާ ފްރީޒަރުގެ ފިނިކަމަށް ނުވިސްނާ ކަމަށާއި ނޭވާ ލެވޭވަރުގެ ވައިކޮޅެއް ލިބޭ ގޮތް ހަދައިގެން ފްރީޒަރުގައި އިނދެފައި ނުކުތީ ފުލުހުން ސަރަހައްދަށް އައިސް ކަންކަން ހަމަޖެހުނުކަން ޔަޤީންވުމުން ކަމަށެވެ.

އެ ހާދިށާގައި މަރުވި މީހުންގެ މިހާރު ވަނީ އިތުރުވެފައެވެ.
މިއަދު އޮންލައިން