ފަލަސްޠީން- އިޒްރޭލުގެ މެދުގަ މަޝްވަރާތަށް ފެށްޓުވުމަށް އިޚްލާޞްތެރި ދައުރެއް ޗައިނާއަށް އަދާކުރެވިދާނެ- ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފަލަސްޠީން- އިޒްރޭލުގެ މެދުގަ މަޝްވަރާތަށް ފެށްޓުވުމަށް އިޚްލާޞްތެރި ދައުރެއް ޗައިނާއަށް އަދާކުރެވިދާނެ- ފަލަސްޠީން
ފަލަސްޠީނާއި އިޒްރޭލުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ނުފެށި ލަސްވަމުން އަންނަ ޞުލްހައިގެ ވާހަކަތައް ފެށުމުގައި އިޚްލާޞްތެރި ދައުރެއް ޗައިނާއަށް އަދާކުރެވިދާނެ ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

ފަލަސްޠީނު ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ޠައްޔިބް ޢަބްދުއްރަޙީމް ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށާއި އަދި ސެކިޔުރިޓީ ކައުންސިލުގެ މެންބަރެއް ކަމަށްވާއިރު ފަލަސްޠީނުގެ މައްސަލަތައް ޙައްލުކުރުމުގައި އިސްދައުރެއް އަދާކޮށްދިނުން މުހިންމު ކަމަށެވެ. އަދި ޗައިނާގެ ކިބައިން އެދެނީ "2 ސްޓޭޓް" ހައްލުގެ ތެރެއިން މަސައްކަތްކޮށްދިނުމަސް ކަމަށެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި ދެބޭފުޅުން ވެސް ވަނީ މިކަމުގައި މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މަޙްމޫދު ޢައްބާސް ވެސް ވަނީ ޗައިނާގެ އެހީތެރިކަމަށް އެދިވަދައިގެންފައެވެ.

ފަލަސްޠީނާއި އިޒްރޭލުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމުގެ ޝައުޤުވެރިކަން ޗައިނާ އިން ވަނީ 2014 ވަނަ އަހަރު ފައުޅުކޮށްފައެވެ.
މިއަދު އޮންލައިން