ޗައިނާގެ ފުރަތަމަ އިންޓަރނެޓް ކޯޓް އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޗައިނާގެ ފުރަތަމަ އިންޓަރނެޓް ކޯޓް އުފައްދައިފި
ޗައިނާ އިން އެ ޤައުމުގެ ފުރަތަމަ އިންޓަރނެޓް ކޯޓް އުފައްދައިފިއެވެ. ހުކުރު ދުވަހު ހާންޒޯވގައި މިފަދަ ކޯޓެއް އުފެއްދީ އިންޓަރނެޓާއިބެހޭ މައްސަލަތައް ގިނަ ވަމުން އައުމާއި އަދި އެހެންވެސް ބައެއް މައްސަލަތައް މިފަދަ ކޯޓަކުން ބަލަން ފަސޭހަވާނެތީއެވެ.

މިކޯޓުން ބަލަން ހަމަޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައީ މަދަނީ މައްސަލަތަކެވެ. އެއްބަސްވުންތަކާއި ގުޅިގެން އުފެދޭ މައްސަލަތަކާއި އޮންލައިން ވިޔަފާރި ކުރުމުގައި އުފެދޭ މައްސަލަތަކާއި ކުދި ލޯނާއި ބެހޭ މައްސަލަތަކާއި ކޮޕީރައިޓާއި ބެހޭ މައްސަލަތަކާއި އަދި މިނޫންވެސް މިފަދަ ބައެއް މައްސަލަތަކެވެ.

ހުކުރު ދުވަހު ވަނީ ކޯޓު ހުޅުވުމުގެ ގޮތުން ޝަރީއަތެއް ކުރިއަށް ގެންގޮސްފައެވެ. މި ޝަރީއަތުގައި ދެ ފަރާތުގެ ލިޔުންތަކާއި ކަންކަން ބަދަލުކުރަން ހޭދަވެފައިވަނީ 20 ވަރަކަށް މިނިޓެވެ. މިކޯޓުގެ ފަނޑިޔާރުންނަށް ކޮންޕިޔުޓަރު މެދުވެރިކޮށް ޙުކުމް ކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.

މި ކޯޓުގައި ދައުވާ ކުރުމާއި ދައުވާގެ ފީ ދެއްކުން ފަދަ އިންތިޒަމްތައްވެސް ވަނީ ކޯޓުގެ ވެބްސައިޓަށް ވަދެގެން ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިފައެވެ.
މިއަދު އޮންލައިން