މިއަހަރުގެ މިހައިތަނަށް ހައްޖަށް ދިއަ 58 މީހެއްގެ ގައިން މެލޭރިއާ ހުން ފެނިފައިވާ ކަމަށާއި އެއީ 8 ޤައުމަކުން ދިއަ މީހުން ކަމަށް ސައުދީ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ ފަރުވާ ދިނުމަށްފަހު 56 މީހަކު މީހާރު ދޫކޮށްލާފައިވާ ކަމަށާއި 2 މީހަކަށް އަދިވެސް ފަރުވާ ދެމުން ގެންދަނީ އެޑްމިޓްކޮށްގެން ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މެލޭރިއާ ފެތުރުނަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުން އިހްމާލް ނުވާނެ ކަމަށެވެ.
ރާއްޖެއަކީ މެލޭރިއާ ނެތް ގައުމެކެވެ.
މެއަރސް ބަލި ފެތުރުން ވެސް މިވަގުތު ވަނީ އިތުރުވެފައެވެ. ސައުދީ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ފާއިތުވި 25 ދުވަހު މެއަރސް ބަލި ޖެހިފައިވާ 23 މީހުން ފެނިފައިވާ ކަމަށެވެ.