ބޮލީވުޑްގައި މިހާރު ހުރި އެންމެ އަގުބޮޑު ތަރިއަކީ އަހަރެން – އެއީ ފިލްމުހަދާ މީހުން ބޭނުންވެގެން: ނަވާޒުއްދީން

ކިޔުމަށް ހޭދަވާނީ 38ސ
ބޮލީވުޑްގައި މިހާރު ހުރި އެންމެ އަގުބޮޑު ތަރިއަކީ އަހަރެން – އެއީ ފިލްމުހަދާ މީހުން ބޭނުންވެގެން: ނަވާޒުއްދީން
ބޮލީވުޑްގައި މިހާރު ހުރި އެންމެ އަގުބޮޑު ތަރިކަމަށް އިހްސާސްކުރެވޭ ކަމަށާއި އެހެންއެވީ ފިލްމުހަދާ މީހުން ބޭނުންވެގެން ކަމަށް ނަވާޒުއްދީން ސިއްދީޤް ބުނެފިއެވެ.

އޭނާ ބުނީ އެއްވެސް އިރެއްގައި އޭނާގެ އަގު ބޮޑުކުރުމަށް ފިލްމުހަދާ މީހުން ކައިރީ ނުބުނާ ކަމަށެވެ. އެކަމަކު ފިލްމުހަދާ މީހުން އޭނާގެ އަގު ބޮޑުކުރާތީ އުފާވާ ކަމަށެވެ.

މިގޮތަށް ވަނީ ފިލްމުތަކުގައި އޭނާ ކުޅޭ ރޯލުތައް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އެންމެކަމުދާ ފެންވަރަށް ކުޅެވޭތީ ކަމަށް ޤަބޫލުކުރާ ކަމަށްވެސް ނަވާޒުއްދީން ބުންޏެވެ.

ބައެއް ފިލްމުތަކުގެ ޕްރޮޑިއުސަރުންވެސް ބުނަމުން އަންނަނީ ނަވާޒުއްދީނަކީ ކުޅަދާނަ އެކްޓަރެއް ކަމަށާއި ކޮންމެ ރޯލެއްވެސް އަދާކުރުމުގެ ޤާބިލުކަން އޭނާގެ ހުރި ކަމަށެވެ.
މިއަދު އޮންލައިން