ޤަތަރުގެ ހައްޖުވެރިން ބަލައި ދިއުމުގެ ހުއްދަ ސައުދި އެއާލައިނަށް އަދިވެސް ނުދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ޤަތަރުގެ ހައްޖުވެރިން ބަލައި ދިއުމުގެ ހުއްދަ ސައުދި އެއާލައިނަށް އަދިވެސް ނުދޭ!
ޤަތަރުން މިއަހަރު ހައްޖަށްދާ މީހުން ބަލައި ސައުދީ އެއާލައިނުން ޤަތަރަށް ދަތުރުތައް ކުރުމުގެ ހުއްދަ ޤަތަރުން އަދިވެސް ނުދޭ ކަމަށް ސައުދީ އެއާލައިނުން ބުނެފިއެވެ.

ސައުދީ އެއާލައިނުން ބުނީ ފްލައިޓް ޖެއްސުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވީ ނަމަވެސް އަދިވެސް އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

ސައުދީ އެއާލައިނުން ލިޔުންތައް ހުށަހެޅީ ޤަތަރުގެ ޝާހީ ޢާއިލާގެ އިސް ބޭފުޅެއް ކަމަށްވާ ޝައިޚް ޢަބްދުﷲ އާއި ސަލްމާން ރަސްގެފާނާއި ދެބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ސަލްމާން ރަސްގެފާނު އެކަމަށް އަމުރުފުޅު ކުރެއްވެވުމުންނެވެ.

ޤަތަރުގެ ހައްޖުވެރިން އެއްގަމު މަގުން މިހާރު ވަނީ ހައްޖަށް ދާން ފަށައިފައެވެ.
މިއަދު އޮންލައިން