ހުއްދަ ނެތި ހައްޖަށްދާ މީހުން ހުއްޓުވި އަދަދު 120،000 އަށްވުރެ މައްޗަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހުއްދަ ނެތި ހައްޖަށްދާ މީހުން ހުއްޓުވި އަދަދު 120،000 އަށްވުރެ މައްޗަށް!
ހައްޖުވުމުގެ ހުއްދަ ނެތި ހައްޖަށްދާ މީހުންގެ އަދަދު އިތުރުވެ އަނބުރާ ފޮނުވާލަންޖެހުނު މީހުންގެ އަދަދު އިތުރުވެ 120،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.

ސައުދީ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މިއީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ޗެކް ޕޮއިންޓްތަކުން ހުއްޓުވައި އަނބުރާ ފޮނުވާ ލެވުނު މީހުންގެ އަދަދު ކަމަށެވެ.

ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ކިތަންމެ ގިނަ ބައަކު އަނބުރާ ފޮނުވާލަންޖެހުނު ނަމަވެސް އެކަން ކުރާނެ ކަމަށާއި ހައްޖު ވެވޭނީ އެކަމުގެ ހުއްދަ ލިބިގެން ކަމަށެވެ. "މައިގަނޑު ދެ ސަބަބެއް އެބައޮތް. އެއްކަމަކީ ހުއްދަ ލިބިގެން ހައްޖަށްދާ މީހުންނަށް ދަތިތައް ކުރިމަތިނުކުރުވުން. ދެވަނަ ސަބަބަކީ ސަލާމަތީ ސަބަބުތައް."

ހައްޖު މޫސުމާއި ދިމާކޮށް ސައުދި އަރަބިޔާއަށް ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. މިދިއަ އަހަރު ވަނީ މަސްޖިދުއް ނަބަވީގައި ބޮން ގޮއްވަން މަސައްކަތްކޮށްފައެވެ. މައްކާގެ ހަރަމްފުޅުގައި ބޮން ގޮއްވަން އުޅުނު ބައަކު ވަނީ ދާދިފަހުން އަތުލައިގަނެވިފައެވެ.
މިއަދު އޮންލައިން