މައްކާގަ ހައްޖުވެރިން ތިބި ހޮޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މައްކާގަ ހައްޖުވެރިން ތިބި ހޮޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި
މައްކާގައި ހައްޖުވެރިން ތިބި 15 ބުރީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އަލްއަޒީޒިޔާގައި ތުރުކީ އާއި ޔަމަނުގެ ހައްޖުވެރިން ތިބި ހޮޓަލެއްގައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާރާތުގައި ތިބި 600 ހައްޖުވެރިން އެހެން ތަންތަނަށް ބަނީ ބަދަލްކުރި ކަމަށާއި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރެވި ހައްޖުވެރިން މިހާރު ވަނީ ހަމައެ ހޮޓަލަށް ބަދަލުކޮށްފައި ކަމަށް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަލްއަޒީޒިޔާގެ ހޮޓަލެއްގައި މިދިއަ އަހަރުގެ ހައްޖު މޫސުމުގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އަލްއަޒީޒިޔާ ސަރަހައްދަކީ ދިވެހި ހައްޖުވެރިން މިހާރު ތިބޭ ސަރަހައްދެއް ނޫނެނެވެ.
މިއަދު އޮންލައިން