ސައޫދީ ދެމަފިރިއަކު މަގުމަތީގައި ހިނގާފައި ދިއައިރު އަނބިމީހާ ކުރީގައި ހުރެގެން ހިނގާތީ ވަރިކޮށްފިއެވެ. ފިރިމީހާ ބުނީ ފަހަތަށް އައުމަށް ދެފަހަރު ބުނިން ކަމަށާއި ވަރިކުރީ އޭނާގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
ސައުދިއަރަބިޔާއަކީ އެންމެ ވަރި ގިނަ ޤައުމުކަމަށް ބެލެވޭއިރު ވަރަށް ކޫސަނި ކަންކަމުގައި ވެސް ގެންދަނީ ވަރިކުރަމުންނެވެ.
ދާދިފަހުން އަނބިމިހާ ވަރިކުރީ ރަހްމަތްތެރިންނަށް ޖާފަތަކަށް ދައުވަތު ދިނުމުން ކާން އައިއިރު އަނބި މީހާ ހަނދާން ނެތިގެން ޖާފަތަށް ތައްޔާރުކުރި ބަކަރީގެ ބޯ މޭޒުމައްޗަށް ނެރެފައި ނެތުމުންނެވެ.
ހަނީމޫނަށް ގޮސް އުޅުމުގައި ފިރިމީހާގެ ހުއްދައާއި ނުލައި ފައިގައި އުޅަލެއް އެޅުމުންވެސް އަނބިމީހާ ވަނީ ވަރިކޮށްފައެވެ.
ވަރިކުރުމުގެ ބާރު މާތް ﷲ ފިރިހެނުންނަށް ދެއްވަވާފައި އޮތުމަކީ މިބާވަތުގެ ކޫސަނި ކަންކަމުގައި އަނބިމީހާ ވަރިކުރަން ޖެހެންވީ ސަބަބެއް ނޫންކަމަށްވާއިރު އަދި މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ނުރުއްސަވާ ކަމަކީ ވަރިކުރުން ކަމަށްވާއިރު ސައުދިއަރަބިޔާ ފަދަ ޤައުމެއްގައި ވަރިކުރުމުގެ ހާލަތު ހުރިގޮތާއިމެދު އެންމެންވެސް ކަންބޮޑުވެއެވެ.