އުރީދޫ މޯލްޑިވްސްގެ އާންމު ޙިއްޞާދާރުން ރަމްޒުކޮށްދިނުމަށް ކަނޑައަޅާ ބޯޑް އޮފް ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެކުންފުނިން ހުޅުވާލައިފިއެވެ. ޢާންމުކޮށް މިފުރުޞަތު ހުޅުވާލެވިފައިވާއިރު ވީހާ ގިނަ އަންހެން ބޭކަނބަލުން މި މަގާމަށް ކުރިމަތިލާނެކަމަށް އުންމީދުކުރާކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންނާއި ޙިއްޞާދާރުން ބައްލަވައިގަނެފައިވާ ޙިއްޞާގެ ޢަދަދަށް ބެލުމަށްފަހު، އާންމު ޙިއްޞާދާރުން ރަމްޒުކޮށްދިނުމަށް 1 ބޭފުޅަކު ބޯޑު އޮފް ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރަންޖެހެއެވެ. މި ޑިރެކްޓަރު ޢައްޔަންކުރެވޭނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫ މޯލްޑިވްސް ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތައް:
• އުރީދޫ މޯލްޑިވްސްގައި މަދުވެގެން 50 ޙިއްޞާ އޮތް ފަރާތެއް ކަމުގައި ވުން. ނުވަތަ އުރީދޫ މޯލްޑިވްސްގައި މަދުގެވެގެން 50 ޙިއްޞާ އޮތް ކުންފުންޏަކުން ނަން ހުށަހަޅާފައިވާ ފަރާތެއްކަމުގައިވުން.
• ކުންފުންޏާ ބެހޭ ޤާނޫނު 1996 (ޤާނޫނު ނަންބަރު: 96/10) އާއި މި ޤާނޫނާ ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން 14 ޖެނުއަރީ 2014 ގައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑު (ދަ "ސީޖީ ކޯޑު") ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޤާބިލިއްޔަތުކަން ހުރުމާއެކު، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން.
• ކެޕިޓަލް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" ގައިޑްލައިންތަކު ގައިވާ ("ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންސް") ޝަރުތުތައް ފުރިހަމަވުން.
• ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑީގްރީ ޙާޞިލުކޮށްފައިވުން.
• ރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓަރގައި މަތީ މަޤާމެއްގައި މަސައްކަތްކޮށް، މަދުވެގެން 10 އަހަރު ތަޖުރިބާ ލިބިފައިވުން.
• ރާއްޖޭގައި މިހާރު ހިނގަމުންދާ ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމު، މަދުވެގެން 1 ކުންފުނީގައި އަދާކޮށްފައިވާ ފަރާތަކަށްވުމާއެކު، ބޯޑު ޑިރެކްޓަރެއްގެ ގޮތުން ޚިދުމަތްކޮށްފައިވާކަން ދައްކުވައިދޭފަދަ ރިކޯޑެއް/ލިޔުމެއް އޮތުން.
• މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމު، 2 ކުންފުންޏަށް ވުރެ ގިނަ ކުންފުނީގައި ފުރާ ފަރާތަކަށް ނުވުން.
އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ ("އެންއާރުސީ") އިން ދިރާސާކުރުމަށްފަހު ޝޯޓްލިސްޓުކޮށް، އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑައެޅޭނެއެވެ. އަދި އެންއާރުސީ އިން މިގޮތަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އާންމު އަހަރީ ޖަލްސާ އިއުލާނުކުރާއިރު އާންމުކުރެވިގެންދާނެއެވެ.
އަހަރީ އާންމު ޖަލްސާގައި ވޯޓު ލެއްވުމަށް ޖަލްސާއަށް ވަޑައިގެން ނުވަތަ އެހެން ޙިއްޞާދާރެއްގެ ނަމުގައި "ޕްރޮކްސީ" (ވޯޓުލުމުގައި އަތް މައްޗަށް ނަގައިގެން ވޯޓުލާނަމަ ކޮންމެ ޙިއްޞާދާރަކަށް ލެވޭނީ އެއް ވޯޓެވެ. އަދި ޕޯލް މެދުވެރިކޮށް ވޯޓުލާނަމަ ކޮންމެ ޙިއްޞާދާރެއް ބައްލަވައިގަނެފައިވާ ޙިއްޞާގެ ޢަދަދަށް ވޯޓު ލެވޭނެ) ބޭނުންކޮށްގެން ވޯޓު ލެވިދާނެއެވެ. ޢާންމު ޙިއްޞާދާރުން ރަމްޒުކޮށްދޭ ބޯޑު ޑިރެކްޓަރުގެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނަވާ ފަރާތެކެވެ. ކުންފުނިތަކުގެ ޤާނޫނާއި، ސީޖީ ކޯޑު އަދި ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންސްގައިވާ ގޮތުގެ މަތިން، ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ހޮވިވަޑައިގަންނަވާ ފަރާތް ބޯޑުގައި އިންނަވާނީ ޑިރެކްޓަރު ކަމަށް ހޮވިވަޑައިގަންނަވާ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.
ހުރިހާ ފަރާތްތަކުންވެސް އެޕްލިކޭޝަން ފޯމާއެކު އެޕްލިކޭޝަނާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުއްވުމަށް އުރީދޫ އިން އެދެއެވެ، އެޕްލިކޭޝަން ފޯމު ބެއްލެވުމަށްhttp://www.ooredoo.mv/wp-content/uploads/2017/08/application-for-public-director.pdfމި ލިންކުން ލިބޭނެއެވެ. އަދި، އުރީދޫ މޯލްޑިވްސްގެ އޮފީސް، ހ.ސަންލީޓް 5 ވަނަ ފަންގިފިލާގެ ކައުންޓަރުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން ހަވީރު 4.30 އަށް، އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނެއެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ ފަރާތްތަކުން، 10 ސެޕްޓެންބަރު 2017 (އާދީއްތަ) ގެ މެންދުރުފަހު 2.00 ގެ ކުރިން، ހ.ސަންލީޓު 5 ވަނަ ފަންގިފިލާއަށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި "Application for Director" ޖެއްސެވުމަށްފަހު ފޯމު ހުށަހެޅުއްވުން އެދެއެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުނަމަ، [email protected]އަށް އީމެއިލް ކުރެއްވުން އެދެއެވެ.