ދަމުނަމާދު: ބައްޕަ ހޯދި އަނބިމީހާ ހަޑިކަމުން ދުރަށް އެނބުރި ނިދިމީހާއަށް އެންމެ ރީތި އަންހެނަކީީ އަނބިމީހާ ކަމަށް ބަދަލުކޮށްލި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަމުނަމާދު: ބައްޕަ ހޯދި އަނބިމީހާ ހަޑިކަމުން ދުރަށް އެނބުރި ނިދިމީހާއަށް އެންމެ ރީތި އަންހެނަކީީ އަނބިމީހާ ކަމަށް  ބަދަލުކޮށްލި!
މިޞުރުގެ ޒުވާނަކު ޔޫއޭއީއަށް ގޮސް މަސައްކަތްކޮށް ފައިސާ ހޯދައި ތަނަވަސް މީހަކަށް ބަދަލުވިއެވެ. އެއަށްފަހު އޭނާ ކައިވެނިކުރާނެ އަންބަކު ހަމަޖައްސައިދިނުމަށް ބައްޕަގެ ކިބައިން އެދުނެވެ. އޭނާ ބުނީ އަނބިމީހާ ދެކެން ބޭނުން ނޫން ކަމަށާއި ބައްޕަގެ އިޚްތިޔާރުކުރުން ބަލައިގަންނާނެ ކަމަށެވެ. އަދި އޭނާ ޤައުމަށްދާ ދުވަހު ކައިވެނިކުރެވެންވާނެ ކަމަށެވެ.

ދަރިފުޅުގެ އެދުމަށް ބައްޕަ އޭނާގެ ދަރިފުޅަށް އަންހެން ކުއްޖަކު ހޯދިއެވެ. ދަރިފުޅު އެދުނު ގޮތުގެ މަތީން ކައިވެނި ކުރެވުނެވެ. ނަމަވެސް ކޮޓަރިއަށް ގޮސް ބެލިއިރު ކަމަކު ދާކަށް ނެތެވެ. ހާދަ ސިފަހުތުރު އަންހެނެކެވެ.

"އަހަރެންގެ ބައްޕަ އަހަރެން ބުނީމާ ހޯދައިދިން އަނބިމީހަކީ މިއީ ހެއްޔެވެ؟ ހާދަ ހުތުރު އަންހެނެކެވެ. އެއްވެސް ރީތި ކަމެއް ނެތެވެ." އޭނާގެ ހިތުގައި އެތައް ގިނަ ޝަކުވާތައް އުފެދުނެވެ.

ޝަކުވާތަކާއިއެކު އަނގައިންވެސް ނުބުނެ ފުރަގަހަށް އެނބުރި އޮވެ ނިދީއެވެ.

ރޭގަނޑުގެ ފަހު ދަންފަޅީގައި އަނބިމީހާ ފިރިމީހާއަށް ގޮވިއެވެ. ނިދީން ހޭލުމަށެވެ. ނުހޭލުމުން މޫނަށް ފެން ބުރުއްސިއެވެ. "އަދި ބުންޏެވެ.

ނުހޭލަން ތިއުޅެނީ ކީއްވެގެންކަން ވިސްނެއެވެ. ހުރިހާ ވެސް މައްސަލައަކީ އަހަރެންގެ ސިފަ ހުތުރުކަމެވެ. އެއީ އަހަރެން ވެސް ޤަބޫލުކުރާ ކަމެކެވެ. އަހަރެންނަށް ކައިވެންޏެއް ކުރެވޭނެ ކަމަށް އުންމީދެއްވެސް ނުކުރަމެވެ. ނަމަވެސް މާތްﷲ މިވަނީ މިކަން މެދުވެރިވެފައެވެ.

އަހަރެން ތިބާގެ މޫނަށް ފެން ބުރުއްސައި ހޭލެއްވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެކަމަށް ދެމަފިރިންނަށްވެސް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އަހަރެން ތިބާގެ ކިބައިން މިއަދެނީ އެންމެ ކަމަކަށެވެ. ތެދުވެ ވުޟޫ ކޮށްގެން އަހަރެން ގޮވައިގެން ތަހައްޖުދު ނަމާދުކޮށްދިނުމަށެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ."

ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. އަނބިމިހާ ޙަދީޘްފުޅުތައް ގެނައި ގޮތުން ހިތަށް ބިރުވެރިކަން ވަނެވެ. ވުޟޫކޮށްގެން އައިސް އަނބިމީހާ އާއިއެކު ދަމުނަމާދުކުރިއެވެ.

ސުބްހާނަﷲ! ނަމާދުކޮށް ނިމުނު އިރު ފިރިމީހާއަށް އަނބިމީހާ ސިފަކުރެވުނީ ދުނިޔޭގައި ހުރި އެންމެ ރީތި އަންެހެނާގެ ގޮތުގައެވެ. އޭނާ ބޭނުންވީ ރީތި އަންބެއް ނޫނެވެ. އޭނާ ސުވަރުގެ ގެންގޮސްދޭނެ އަންބެކެވެ.

ދެމަފިރިން ނުހަނު ލޯބިން އެކުގައި އުޅެ މުސްކުޅިވިއިރު ޢާއިލާއަކީ މުއްސަނދި ޢާއިލާއެކެވެ. ލިބިފައިވާ ދަރިންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ޙާފިޡުންވެސް ތިއްބެވެ.

މިވަހާކައާއި ގުޅުންހުރި ވީޑިއޯއެއް:
މިއަދު އޮންލައިން