އެ ޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ، މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ޑެލްހި ބޮއުންޑް ކައިފިޔަތް އެކްސްޕްރެސްގެ ރޭލު ދުއްވާފައިވަނީ ގަޑިއަކު 180 ކިލޯމީޓަރ ބާރުމިނުގައި ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކުނިއުކާލާ ޓްރަކެއް އައިސް އެ ރޭލުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން މި ހާދިޘާއާގުޅިގެން އިންޑިއަން ރޭލްވޭ މިނިސްޓްރީގެ 4 އޮފިޝަލަކު ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެއީ ރޭލް ދަތުރުކުރި މަގަކީ އެމީހުންދެއްކި މަގުކަމަށްވެފައި، އެއީ ނުރަނގަޅު ރޫޓެއް (މަގެއް) ކަމަށްވާތީ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ހާދިޘާގައި ޒަޚަމްވި މީހުންނަށް ކައިރި ހޮސްޕިޓަލުތަކުން ފަރުވާދެމުން އަންނަ ކަމަށާއި ޒަޚަމްވި މީހުންގެ ޢަދަދި އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އުއްތަރުޕްރަދޭސްގައި މިދިޔަ އަހަރުވެސް ވަނީ މިފަދަ އެކްސިޑެންޓެއް ހިނގާ, 145 މީހުން މަރުވެ 200 މީހުން ޒަޚަމްވެފައެވެ.