ބަނޑަށް ޖެހޭ ފަޤީރުންގެ ގުނަވަންތައް ނަގައި ބޮޑުއަގުގަ ވިއްކާ މައްސަލައިގަ މިޞުރުގެ 12 މީހަކު ހައްޔަރުކޮށްފި
ފަޤީރުންގެ ގުނަވަންތައް ނަގައި ބޮޑުއަގުގައި ވިއްކައި ޤައުމުން ބޭރަށް ފޮނުވަމުން ގެންދާ މައްސަލައިގައި 12 މީހަކު މިޞުރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނޭ ކަމަށެވެ.
މިޞުރުގައި ކުރަމުން ގެންދާ ޚުދުމުޚުތާރު އަދި އަނިޔާވެރި މިލިޓަރީ ވެރިކަމުގެ ސަބަބުން ޢާންމު ރައްޔިތުން ވަނީ ބަނޑަށް ޖެހިފައެވެ. ހައިހޫނުކަން ވަނީ ޢާންމުވެފައެވެ. ކަންމަތީ ފިހާރަތަކަށް ދަރައިވިކި ސަލާމަތް ނުވެވޭ ހާލަތަށް ދިއުމުން އެތައް ހާސް ފަޤީރުން ގެންދަނީ އެމީހުންގެ ގުނަވަންތައް ވަރަށް ކަޑަ އަގުތަކުގައި ވިއްކަމުންނެވެ.
އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގުނަވަންތައް ހެޔޮ އަގުގައި ގަތުމަށްފަހު ގެނދަނީ އެމެރިކާ އާއި އެނޫންވެސް މުއްސަނދި ޤައުމުތަކަށް ބޮޑުއަގުގައި ވިއްކަމުންނެވެ. ފުލުހުން ވަނީ މީގެ ކުރިންވެސް މިކަމުގައި ބައިވެރިވާ ގިނަ ބައަކު ހައްޔަރުކޮށްފައެވެ.
މިފަހަރު ހައްޔަރުކުރި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން ތިއޭޓަރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.