ބެއިޖިންގ އިންޓަރނޭޝަނަލް ބުކް ފެއާރ ފަށައިފި

ކިޔުމަށް ހޭދަވާނީ 30ސ
ބެއިޖިންގ އިންޓަރނޭޝަނަލް ބުކް ފެއާރ ފަށައިފި
ބެއިޖިންގ އިންޓަރނޭޝަނަލް ބުކް ފެއާރ 2017 މިއަދު ފަށައިފިއެވެ.

މި ފެއާރ ކުރިއަށްދަނީ ޗައިނާގެ ނިއު ބެއިޖިންގ އިންޓަރނޭޝަނަލް އެކްޒިބިޝަން ސެންޓަރުގައެވެ. ގާތްގަޑަކަށް 93,000 ސްކެއަރ މީޓަރުގެ ސަރަހައްދެއްގައި މުޅިން އައު 24 ވައްތަރެއްގެ ފޮތާއެކު ކުރިއަށްދާ މި ފެއާރ އަކީއެ ޤައުމުގެ ތާރީޚުގައިވެސް ބާއްވާ މިފަދަ އެންމެބޮޑު ފެއާރއެވެ.

ދުނިޔޭގެ 89 ޤައުމަކުން 2,500 ފަރާތަކުން މި ފެއާރގައި ބައިވެރިވާ އިރު، މި ފެއާރގައި އޮމާން، އަޒެރްބައިޖާން އަދި ޔޫކްރެއިން ފަދަ ޤައުމުތަކުން ބައިވެރިވެއެވެ. މި ފެއާރ ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ.

މިއަދު އޮންލައިން