ޓެރީ ވިލިއަމްސް ކޯމާއަކަށްދާން މެދުވެރިވީ މީގެ 19 އަހަރުކުރިން އޭނާގެ ރަޙްމަތްތެރިޔާ އާއެކު އޮޒާކް މައުންޓެއިން ކައިރީ އޮންނަ ކޯރަކަށް މަސްބާނަން ދިއުމަށްފަހު، އެނބުރި އައި މަގުމަތީގައި ފަރުބަދަމަތިން ކާރު ފުރޮޅާލައިގެން ކޯރަކަށް ވެއްޓުމުގެ ސަބަބުންނެވެ.
މި ހާދިޘާގައި ޓެރީ ކޯމާއަށް ދިޔައިރު، އޭނާގެ ރަޙްމަތްތެރިޔާއަށްވެސް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.
ޓެރީގެ ޢުމުރުން އޭރު އެންމެ 17 އަހަރެވެ. އަދި އޭނާގެ އަނބިމީހާ އިނީ އަލަތު ދަރުފުޅަށް ބަލިވެއެވެ.
ކޯމާއިން ގެއަށް ދޫކޮށްލުމުން ޓެރީ ބުނީ މިހާރު މިއުޅެވެނީ މުޅިން އައު ދުނިޔެއްގައި ކަމަށް އިސްހާސްކުރެވޭ ކަމަށާއި އަލުން އަނބުރާ އާދެވުމުން އުފާވާ ކަމަށެވެ. އަދި ދަރިފުޅު ދުނިޔޭގައި ހުރުމުން ވަރަށްބޮޑަށް އުފާވާ ކަމަށެވެ.