ސަބްމެރީނެއްގައި ގެންގޮސް މަރާލުމަށްފަހު ކަނޑަށް އެއްލައިލިކަމަށް ބެލެވޭ ސްވިޑިޝް އަންހެން ނޫސްވެރިވާ، އުމުރުން 30 އަހަރުގެ ކިމް ވޯލްގެ ބޯނެތް ހަށިގަނޑު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަނަށް ލައްގައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު މަރައިލި ކަމަށް ބެލެވޭ ނޫސްވެރިޔާގެ ބަނޑުގައި ކަނޑުގެ އަޑިއަށް ފޮނުވައިލުމަށްޓަކައި ބަރެއްވެސް ވަނީ ބަނދެފައެވެ.
ކިމް ވޯލް އެއިރު ގެންދިއައި އޭނާ މަރައިލި ކަމަށް ބެލެވޭ ޕީޓަރ މެޑްސަންެގެ މައްޗަށް ތަޙްޤީޤީ ޚަބަރެއް ހަދަމުންނެވެ.
ޕީޓަރ ބުނަނީ ނޫސްވެރިޔާ މަރައިނުލާ ކަމަށާއި މަރުވީ ޤްދްރަތީ މަރަކުން ކަމަށެވެ. ނަމަވެސް ޤްދްރަތީ މަރަކުން މަރުވި މީހެއްގެ ބޯނެތް ހަށިގަނޑު، އަޑިއަށް ފައްތަން ބަނދެފައިވާ ބަރާއިއެކު ލައްގަން ޖެހުނު ސަބަބާއިމެދު ވަނީ ސުވާލުއުފެދިފައެވެ.
ޑީއެންއޭގެ އެހީގައި ފުލުހުން މިހާރު ވަނީ އެއީ ކިމް ވޯލްގެ ހަށިގަނޑުކަން ޔަޤީންކޮށްދީފައެވެ.
ކިމް ވޯލް ވަނީ ދުނިޔޭގެ ތަފާތު ބޮޑުންގެ ގިނަ މައްސަލަތަކުގެ ތަޙްޤީޤީ މައުލޫމާތު ހާމަކޮށްފައެވެ. އެހެންކަމުން ކިމް ވޯލް މަރައިލުމުން ދުނިޔޭގެ މީޑިއާގެ ސަމާލުކަން ވަނީ އިތުރުވެފައެވެ.