މެކްޑޮނާލްޑްގެ އިންޑިއާ ބައިވެރިޔާ، ކޮންނޯޓް ޕްލާޒާ ރެސްޓޯރަންޓްސް އިން މެކްޑޮނާލްޑަށް ދައްކަންޖެހޭ ރޮޔަލްޓީ ނުދައްކާތީ އިންޑިއާގެ އުތުރާއި އިރުމަތީގައި ހިންގާ މެކްޑޮނާލްޑްގެ 169 ރެސްޓޯރަންޓްގެ ލައިސަންސް އައުކޮށްނުދީ ބަންދުކުރުވަން ނިންމައިފިއެވެ.
މެކްޑޮނާލްޑުން ބުނީ ފްރެންޗައިޒް އުޞޫލުން ހިންގުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފްވެފައިވާ ކަމަށާއި ރޮޔަލްޓީ ނުދައްކާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. ލައިސަންސް އައުކޮށް ނުދިނުމުން މިހާރުވެސް ވަނީ ނިޔުދިއްލީގައި ހުރި 43 ރެސްޓޯރެންޓް ބަންދުކޮށްފައަވެ.
މެކްޑޮނާލްޑުން ގެންދަނީ އައު ބައިވެރިއަކު ހޯދަމުންނެވެ. ކޮނޯޓް ޕްލާޒާ ރެސްޓޯރަންޓްސް އިން ބުނަނީ މިއީ މޮޔަ ނިންމުމެއް ކަމަށާއި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ރޮޔަލޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާތައް ދައްކާނެ ދުވަހެއް ނުބުނެއެވެ.