މިއަހަރުގެ ޙައްޖު ދުވަހު މައްކާގެ ހަރަމްފުޅުގައި ލައްވަން ޚާއްޞަކޮށްގެން ފަހާފައިވާ އުރަކޮޅު މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދް އަލް ފައިޞަލް، ހަރަމްފުޅުގެ ކަންކަން ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެން އިސްކޮށްހުންނެވި ޞާލިޙް ބިން ޒައިން އަލްޢަބްދީން އަލްޝައިޞީ އާއި ހަވާލުކުރައްވައިފިއެވެ.
ހަރަމްފުޅުގެ އުރަކޮޅުގައި ހިމެނެނީ 5 ބައެކެވެ. އެއީ 4 ފަރާތަށް 4 ބައާއި ދޮރާށިިކޮޅަށް ޚާއްޞަ ބައެވެ.
ޙަރަމްފުޅުގެ އުރަކޮޅު ތައްޔާރުކުރަން އެތައް މަހެއް ނަގާއިރު އެކަމަށް ޚާއްޞަ ތަޖުރިބާހުރި 170 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ. އުރަފުޅުގައި ހުންނަ އާޔަތްތައް ވިޔަނީ ރަނާއި ރިހީގެ ރޮދިންނެވެ. އުރަކޮޅު ތައްޔާރުކުރަނީ ސިލްކުންނެވެ.