ފޯކައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ފޯކައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި
ށ.ފޯކައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި އެރީނާ ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު ވިދާޅުވީމި ފުޓްސަލް ދަނޑަކީ ދައުލަތުގެ ބަޖެޓުން 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއްކަމަށެވެ.

މީގެ އިތުރުން ބަށި ކޯޓެއް ޤާއިމްކުރެވިފައިވާ ކަމަށާއި ފޯކައިދޫގައި ފޯރިއާއިއެކު ކުޅެމުން އަންނަ ވޮލީއަށް 2 ކޯޓު އަދުގެ ސަރުކަރުން ޤާއިމްކޮށްދެއްވާފައިވާކަމަށެވެ.

"މިރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފަ. މިއަތޮޅަކީ ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ އަތޮޅެއް. މިހާރުވެސް މިއަތޮޅުގެ 9 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު މިދަނޑު ހިމެނޭ ގޮތަށް 3 ރަށުގައި ވަނީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފަ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެރީނާއިގައި ހިމެނޭ އެހެނިހެން ކޯޓުތައް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

ށ.އަތޮޅުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯރޑިނޭޓަރުން ކަމަށްވާ މުޙައްމަދު ނާޒިލް އާއި އަޙުމަދު ޝިޔާޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިދަތުރުގައި ފޯކައިދޫ ޒުވާނުންނާއި މި ތިން ބޭފުޅުންވެސްވަނީ ބައްދަލުކުރައްވާފައެވެ.
މިއަދު އޮންލައިން