ކ.ތުލުސްދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު، ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ރަސްމީކޮށްހުޅުވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައިވާހަކަ ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމްވިދާޅުވީމި ފުޓްސަލް ދަނޑަކީ ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ބަށި ކޯޓެއްވެސް ޤާއިމްކޮށްފައިވާކަމަށެވެ. އަދި ތުލުސްދޫގައި އިތުރު 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓެއް އެޅުމަށް ބިޑްތައް އިވެލުއޭޓް ކުރެވެމުންދާކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"މިރަށުގައިގާއިމްކުރެވިފައިވާކުޅިވަރުގެވަސީލަތްތަކަށްމިހާތަނަށްދައުލަތުގެބަޖެޓުން 2 މިލިޔަނަށްވުރެގިނަރުފިޔާވަނީޚަރަދުކޮށްފަ. ކ.އަތޮޅަކީވެސްސްޕޯޓްސްއެރީނާމަޝްރޫޢުބާރުސްޕީޑެއްގައިކުރިއަށްދާއަތޮޅެއް. މިއަތޮޅުގައިމިހާތަނަށް 5 ރަށެއްގައިފުޓްސަލްދަނޑުވަނީގާއިމްކުރެވިފަ. އަދި 4 ރަށެއްގައިފުޓްސަލްދަނޑުއެޅުމުގެމަސައްކަތްދަނީކުރެވެމުން. މިއަތޮޅުގައި ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކުރެވިފަ،" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އިތުރިޝާމް އާދަމް ވަނީ ރައީސް ޔާމީން ޒުވާނުންގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 70 ރަށެއްގައި ފުޓްސަލް ދަނޑު ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދަނޑުތައް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.