އިންޑިއާގަ ސްވަންފްލޫ ޖެހި މަރުވި މީހުންގެ އަދަދު 4 ގުނައަށް އިތުރުވެ 1094 އަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިންޑިއާގަ ސްވަންފްލޫ ޖެހި މަރުވި މީހުންގެ އަދަދު 4 ގުނައަށް އިތުރުވެ 1094 އަށް އަރައިފި
މިއަހަރުގެ މިހައިތަނަށް ބަލާއިރު އިންޑިއާގައި ސްވަން ފްލޫ ޖެހި މަރުވި މީހުންގެ އަދަދު ކުރީއަހަރަށްވުރެ 4 ގުނައަށް އިތުރުވެ 1094 އަށް އަރައިފިއެވެ.

ރެކޯޑްތައް ދައްކާ ގޮތުން މިއަހަރުގެ މިހައިތަނަށް 22،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ސްވައިން ފްލޫ ޖެހިފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ މަހަރަސްތްރާގައެވެ. އެ ސްޓޭޓުން ވަނީ 347 މީހުން މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ގުޖްރާތުން ވަނީ 297 މީހުން މަރުވެފައެވެ.

މިއީ ރަސްމީ އަދަދުތައް ނަމަވެސް ރެކޯޑް ނުކުރެވޭ މަރުތައް އެއްކޮށްފިނަމަ މިއަދަދު އެތައް ތަނެއް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާގެ ހާލަތު ހުންނަ ގޮތުން ޑޮކްޓަރުންނާއި ހަމައަށް ނުދެވޭ އެތައް މިލިއަން ބައަކު ދިރިއުޅޭކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން