އޭނާ ބުނާގޮތުން ރަނގަޅު ދީނެއް ހޯދުމުގެ ބޭނުމުގައި އޭނާ ވަރަށް ގިނަ ދީންތައް ދަސްކުރިއެވެ. ނަމަވެސް ބަލައި ގަނެވުނު ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ.
އޭނާ ބުނީ އިސްލާމް ދީނުގެ ކަންކަން ދަސްކުރަން މަސައްކަތްކުރިއިރު މުޢާމަލާތުކުރަމުން ގެންދިއަ ދީީނީ ޢިލްމުވެރިންނާއި ކޮންމެ ސުވާލެއް ކުރި ނަމަވެސް ޖަވާބު އޭނާއަށް ދައްކަނީ ކީރިތި ޤްރްއާނުންނެވެ.
އެހެންވެ ކަންބޮޑުވެގެން އެމީހުންގެ އަމިއްލަ ވިސްނުމުން ޖަވާބު ދިނުމަށް އޭނާ އެދުނެވެ. އެއިގެ ޖަވާބުގައި ދީނީ ޢިލްމުވެރިޔާ ވިދާޅުވަމުން ގެންދެވީ ކީރިތި ޤްރްއާނަކީ އެންމެހައި މަޚްލޫޤުންގެ ވެރި އަދި އޭނާ އާއި އެންމެހައި މަޚްލޫޤުން އުފެއްދެވި މާތް ﷲ ގެ ވަހީ ބަސްފުޅު ކަމަށްވާއިރު ކީރިތި ޤްރްއާނަށްވުރެ ފުރިހަމަ ޖަވާބެއް އޭނާއަށް ނުދެއްވޭނެކަމަށެވެ.
އެކަން އޭނާވެސް ޤަބޫލުކުރިއެވެ. ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު ކީރިތި ޤްރްއާނުން ފެންނާތީއެވެ. އެ ސަބަބަށްޓަކައި އޭނާގެ ހިތުގައި ވެސް ވަރަށް މަތިވެރި ޤަދަރެއް ކީރިތި ޤްރްއާނަށް ދެވުނެވެ.
އެހެންކަމުން އިސްލާމް ވުމަށް ނިންމައި މާތް ﷲ ގެ ހަޟްރަތުން އޭނާ އެދުނީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ވޮޑިގެންވާ ކަމުގެ ކޮންމެ އަލާމާތެއް، ކިތަންމެ ކުޑަ ނަމަވެސް. ނުވަތަ މުޢުޖިޒާތެއް އޭނާއަށް ދެއްކެވުމަށެވެ. އެކަމަށް ދެ ފަަހަރެއްގެ މަތިން އޭނާ އެދުނެވެ.
"މާތްﷲ އަހަރެންގެ އެދުމަށް އެއްވެސް އިޖާބައެއް ނުދެއްވުމުން އެންމެ ފަހުގެ ފުރުޞަތު މާތް ﷲ އަށް އެރުވުނީ ކަމަށް ވެސް ނިންމިން، އިސްލާމް ނުވުމަށް ވެސް ނިންމިން. އެކަމަކުވެސް ހިތަށް އެރީ އަހަރެންގެ އެދުމާއިމެދު ކީރިތި ޤްރްއާން ބުނަނީ ކީކޭތޯ ބަލާލަން. އެފިކުރުގައި ގޮސް ޚަޠިމު ނެގިން، ދެ ގަނޑެއް ބަލައިލިތަނާ ޖަވާބު ފެނިއްޖެ. ކީރތި ޤްރްއާނުގައި އޮތީ ބުއްދި ސަލާމަތުން ހުރެ ވިސްނައި ދުނިޔޭގެ ކޮންމެ ތަނަކަށް ބަލައިލި ނަމަވެސް މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ފެންނާނެކަމަށް، ބިމާއި ބިމުގައި ވާހައި އެއްޗަކީ އުޑުތަކާއި އުޑުތަކުގައިވާހައި ތަކެއްޗެއް އުފެއްދެވީ މާތް ﷲ ކަމަށް. އިރުހަނދާއި ތަރިތައްވެސް އުފެއްދެވީ މާތްﷲ ކަމަށް، އެތަކެއްޗަށް ބަލައި ވިސްނުމުން ތިމަން ﷲ ވޮޑިގެންވާ ކަމާއި ކުޅަދުންވަންތަކަމުގެ ހެކިތައް ފެންނާނެ ކަމަށް. ބުއްދި ސަލާމަތުން ހުރި މީހަކަށް މިހެކިތަކުން ފުދޭނެ ކަމަށް. ސުބްހާނަﷲ."
އޭނާ ބުނީ އެ އާޔަތްތައް ކިޔައި ނިންމުނުއިރު މާތް ﷲ ވޮޑިގެންވާ ކަމާއި ކުޅަދުންވަންތަކަމުގެ އިތުރު އެއްވެސް ހެއްކެއް އޭނާއަށް ބޭނުންނުވި ކަމަށެވެ. ވަގުތުން އިސްލާމްވުމަށް ނިިންމައި ވަގުތުން މިސްކިތަށް ގޮސް އިސްލާމްވީ ކަމަށެވެ.
އޭނާގެ އަޑާއި މަންޒަރުން އިތުރު ތަފްޞީލާއިއެކު ވީޑިއޯ ބައްލަވާލައްވާ: