ދިރާގުން މިރޭ 'އާރްބީ ކުއެސްޓް" ގެ ނަމުގައި ވަރަށް ފޯރިގަދަ ޑިޖިޓަލް ގޭމެއް ތަޢާރަފް ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 23ސ
ދިރާގުން މިރޭ 'އާރްބީ ކުއެސްޓް" ގެ ނަމުގައި ވަރަށް ފޯރިގަދަ ޑިޖިޓަލް ގޭމެއް ތަޢާރަފް ކުރަނީ
ދިރާގުން މިރޭ 23:59 ން ފެށިގެން "އާރްބީ ކުއެސްޓް" ގެ ނަމުގައި ވަރަށް ފޯރިގަދަ ޑިޖިޓަލް މޮބައިލް ގޭމެއް ތަޢާރަފް ކުރަން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިރޭ ސީހައުސް ބްރަސެރީ ގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި ދިރާގުން ބުނެފައިވަނީ މިއީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ޑިޖިޓަލް މޮބައިލް ގޭމް ކަމަށެވެ.

"ރާޅުބިސް" ހޯދަން ޖެހޭ މިގޭމް އެންޑްރޮއިޑް އަދި އައިއޯއެސް ސްޓޯރުން ވެސް ފޯނަށް އިންސްޓޯލް ކުރެވެން ހުރެއެވެ.

"ކަލޯކޮބާ" ވެސް ހިމެނޭ މިގޭމުން "ކަލޯ" ފެނިއްޖެނަމަ ބޯނަސް ރާޅުބިސްތަކެއް ލިބޭނެ ކަމަށް ވެސް ދިރާގުން މަޢުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން ރަނގަޅު ކުރަންވީ ކަންތައްތައް ވެސް "ކަލޯ" ކިޔާދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެންމެ ގިނަ އާރްބީސް ހޯދޭ ފަރާތެއް އެނގެނީ ލީޑަރބޯޑަކުންނެވެ. އެގޮތުން ވަނަވަނައަށް ހޮވެނީ، ލީޑަރބޯޑުގައި އެންމެ މަތީގައި އުޅޭ ފަރާތްތަކެވެ. އެއީ އެންމެ ގިނަ "ރާޅުބިސް" ނުވަތަ "އާރްބީ'ސް" ހޯދޭ ފަރާތްތަކެވެ. އެންމެ ގިނަ އާރްބީސް ހޯދޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ވެސް ހުށަހެޅިފައިވެއެވެ.

އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް ލިބެނީ ދެމީހަކަށް އަށްދުވަހުގެ ޔޫރަޕް ދަތުރެކެވެ. ދެވަނައަށް ދާފަރާތަކަށް ލިބެނީ ދެމީހަކަށް ތިންދުވަހުގެ ޝެރަޓަން ދަތުރެކެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް ލިބެނީ "ޑިޖިޓަލް ޕެކް" ކިޔާ އިނާމެކެވެ. އެއިނާމުގައި ހިމެނެނީ ޕީއެސް-4 އަކާއި ސެމްސަންގް ގެލެކްސީ އެސް 8 އެކެވެ. އަދި މީގެއިތުރުން ކޮންމެ ދުވަހަކު "ޑެއިލީ ޕްރައިޒް" ގެ ގޮތުގައި އެޕަލް ޑިޖިޓަލް އަތުކުރި ގަޑިއެއް ލިބޭނެއެވެ.

މިރޭ 23:59 ން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލެވިފައިވާ މިގޭމްގެ ސުންގަޑިއަކީ 29 އޯގަސްޓް 2017 ގެ 23:59 ކެވެ.
މިއަދު އޮންލައިން