ދެ ރޭ ދަންވަރު ވަރަށް ބާރަށް "އަޅުކަންކުރޭ" އަޑު އިވުމާ "ކިޔާ" ބުނިއަޑު އިވުން: އަހަރެން އިސްލާމްވި ސަބަބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދެ ރޭ ދަންވަރު ވަރަށް ބާރަށް "އަޅުކަންކުރޭ" އަޑު އިވުމާ "ކިޔާ" ބުނިއަޑު އިވުން: އަހަރެން އިސްލާމްވި ސަބަބު
އަލަށް އިސްލާމްވި މީހަކު އޭނާ އިސްލާމް ދީން އިޚްތިޔާރުކުރި ސަބަބުތައް ކިޔައިދިނެވެ. އެހެން މީހުންނަށް ވަނީ މުހިންމު މެސެޖުތަކެއް ދީފައެވެ.

"އަހަރެންނަކީ ކެލިފޯނިއާއަށް އުފަން ކްރިސްޓިއަނެކެވެ. ގްރޭޑް 8 އިން ފެށިގެންވެސް އަހަރެން ބޭނުންވީ ޕްރީސްޓަކަށް ވުމަށެވެ.

އަހަރެން ނިދާފައި އޮއްވާ ދެ ރޭ ވަރަށް ބާރަށް އިވުނީ "އަޅުކަންކުރޭ" ބުނާ އަޑެވެ. އެ އަޑު އިވުނީ އިނގިރޭސިބަހުންވެ. އަހަރެންނަށް ސިހުންތަކެއް ލިބުނެވެ. މިއީ ކާކު ކޮންތާކުހުރެގެން ގޮވާ ވާހަކައެއް ކަމާއިމެދު ސުވާލުކުރެވުނެވެ.

އެއިގެ 4،3 ހަފްތާ ފަހުން އިވުނީ ހަމަ އެގޮތަށް "ކިޔާ" ބުނާ އަޑެވެ.

"އަޅުކަން ކުރޭ" ބުނުމުން މާބޮޑު ސަމާލުކަމެއް ނުދެމެވެ. ނަމަވެސް "ކިޔާ" ބުނާ އަޑުު އިވުމުން ސަމާލުކަން ދެވުނެވެ.

އަހަރެން ޔޫއޭއީއަށް އައިތަނާ މީހަކު ދިން ކީރިތި ޤްރްއާނުގެ މުޞްހަފެއް އެނދުކައިރީ މޭޒުގައި އޮތެވެ. މަސައްކަތް ނިންމާފައި އައިސް ބައެއް ދުވަސްދުވަހު އެ ފޮތް ނަގައިގެން އަހަރެން ކިޔައިލަމެވެ.

އެރޭ އެފޮތް ނަގައިގެން އަހަރެން ކިޔައިލީމެވެ. ހިތަށް އެރިއެވެ. މިއީ ހަމައެކަނި ބޭނުންވީމާ ކިޔައިލަން އޮތް ފޮތެއް ނޫނެވެ. އެފޮތުގެ މުހިންމުކަން މާބޮޑެވެ. އެ ހިސާބުން އެފޮތާއި އަހަރެންނާއި ދެމެދު ގުޅުން ބަދަހިވާން ފެށިއެވެ.

އެ ފޮތުގެ ސަބަބުން އަހަރެންނަކީ ކާކުކަމާއި މާތްﷲ އަކީ ކޮބައިކަން އެނގުނެވެ. އަހަރެންނަށް ކުރި އެންމެ ބޮޑު ފައިދާއަކީ އެ ފޮތުގެ ސަބަބުން ދިރިއުޅުމާއިމެދު ޔަޤީންކަން އިތުރުވުމެވެ. އެފޮތުން އަހަރެންނަށް އެނގުނީ އެފޮތާއި އެއްގޮތަށް އަމަލުކުރިނަމަ އަހަރެންނަށް ނުބައިމަގަކުން ނުދެވޭނެ ކަމެވެ.

އަހަރެން އިސްލާމް ދީން ޚިޔާރުކުރިއިރު އެންމެ ބޮޑަށް ކަންބޮޑުވެގެން ހުރީ ޢާއިލާ އާއިމެދުގައެވެ. އަހަރެން އެނބުރި ޤައުމަށް ގޮސް އަހަރެން އިސްލާމްވީ ވާހަކަ ބުނީމެވެ. އަންހެނުންނާއި އެކަމުގެ ވާހަކަ ނުދައްކާކަން އޭނާ ފާހަގަކުރިއެވެ.

"އަހަރެން ބުނީމެވެ. މިއީ މާގިނަ ވާހަކަތަކެއް ދައްކަންޖެހޭ ކަމެއް ނޫނެވެ. އިސްލާމް ދީނުން އަހަރެންނަށް އެނގުނީ އެމީހެއްގެ ކަލާނގެ އިޚްތިޔާރުކުރުމުގެ ބާރު ކޮންމެ މީހަކަށްވެސް ލިބިގެންވާކަމެވެ.

އަދި ބުނީމެވެ. އިސްލާމް ދީނުން އަހަރެންނަށް އެނގުނީ ކޮންމެ ކަމަކީވެސް އެކަމެއްގެ ވަގުތު ޖެހުމުން ހިނގާނެ ކަމެއް ކަމެވެ. މުހިންމީ ހިތަކީ ހުޅުވާލެވިފައިވާ އެއްޗަކަށް ހެދުމެވެ. ހިތަކީ ހުޅުވާލައިފައިވާ އެއްޗެއް ނަމަ ރަނގަޅު ގޮތް ހާޞިލުވާނެއެވެ. ހިތް ބަންދުކޮށްފައިވާނަމަ ހުރިހާ ކަމެއްވެސް އޮންނާނީ ބަންދުވެފައެވެ.

މާތްﷲ އާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ. މާތްﷲ ތިބާއަށް މަގުދައްކަވާނެއެވެ."

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން