ޗައިނާގެ ޓީވީ ސީރީޒްތައް ބައިނަލްއަޤުވާމީ މައިދާނުގައި ފިޔަޖަހަން ފަށައިފިއެވެ.
އެ ޤައުމުގެ ޑްރާމާތަކާއި ސީރީޒް އެ ޤައުމުގައި ކިތަންމެ މަޤުބޫލު ނަމަވެސް ޤައުމުން ބޭރުގައި އެ ޑްރާމާތައް ވައިގާ ހިފާގޮތްވަނީ ނުވެފައެވެ. އެކަމަކު ޗައިނާ މީހުންނަކީ އެހާފަސޭހައިން ބަލި ޤަބޫލުކޮށް ފަސްޖެހޭ ބަޔަކަށް ނުވާތީ، އެންމެފަހުން މިވަނީ އެކަންވެސް މުޅި ދުނިޔެއަށް ދައްކާލާފައެވެ.
އިނގިރޭސިން ސަބްޓައިޓްލްއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވަމުންދާ އިރު، ޔޫ ޓިއުބުގައިވެސް ގިނައިން ޕަބްލިޝް ކުރަނީ އިނގިރޭސި ސަބްޓައިޓްލްއާއެކުގައެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ މަޤުބޫލުކަން ލިބެމުން އަންނަ އިރު ބައެއް ސީރީޒްތައް ވަނީ 230 މިލިއަން ފަހަރު ބަލާފައެވެ.
ސީރީޒްތަކުގެ އައު އެޕިސޯޑުތައް ނުކުންނާނެ ދުވަހަކަށް ނުވަތަ ވަގުތަކަށް ގިނަ ބަޔަކު ކޮމެންޓު ކުރަމުން އަންނަ އިރު، އެ ޤައުމުގެ ގިނަ ސީރީޒްތަކާއި ޑްރާމާތަކަކީ އެ ޤައުމުގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ ސިރީޒްތަކާއި ޑްރާމާތަކެއްކަން ފާހަގަކޮށްލެވެއެވެ.