ހޮޓް އައިސް ސްޕޯޓްސް ބޮޑީ ސްޕްރޭ ޕްރޮމޯޓުކުރުމަށް ވަންޑޭ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
މި ބޮޑީ ސްޕްރޭ ރާއްޖެއަށް މާކެޓްކުރާ ޕޮއިސް އިން އިންތިޒާމުކޮށްގެން މާފަންނު ޓަރފް ދެނަ.މްބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި 6ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ހޮވާލި ޓީމަކާއި ޕޮއިސްގެ ޓީމަކާދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ.
ފޯރިގަދަ އަދި މަޖާ މި މެޗު ކާމިޔާބުރީ ޕޮއިސްގެ ޓީމެވެ.
މި މެޗުގައި މިއަދު ނޫހުގެ ފަރާތުންވެސް ވަނީ ތަމްސީލުކޮށްފައެވެ.