ޙައްޖުގެ އަޅުކަން އަދާކުރުމަށް 5000 ކިލޯމީޓަރގެ ރާސްތާއެއް ކަޑައްތުކޮށް ބައިސްކަލުގައި ސަޢުދީއަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 45ސ
ޙައްޖުގެ އަޅުކަން އަދާކުރުމަށް 5000 ކިލޯމީޓަރގެ ރާސްތާއެއް ކަޑައްތުކޮށް ބައިސްކަލުގައި ސަޢުދީއަށް ހިނގައްޖެ
ޙައްޖުގެ އަޅުކަން އަދާކުރުމަށް 5000 ކިލޯމީޓަރގެ ރާސްތާއެއް ކަޑައްތުކޮށް ބައިސްކަލުގައި ސަޢުދީއަށް ހިނގައްޖެއެވެ.

އިނގިރޭސި ވިލާތުގެ ދެ މުސްލިމުން ކަމަށްވާ ރާޝިދު ޢަލީ އާއި ޢަބްދުލްޙައްނާން މި ދިގު ރާސްތާ 7 ދުވަހުގެ ތެރޭގައި ކަޑައްތުކޮށްފައިވަނީ ޝަހަވީރު ޙުސައިންގެ އެހީތެރިކަމާއެކުގައެވެ.

ލަންޑަން އިން ފެށި ދަތުރުގައި ފްރާންސް، ސްޓްރަސްބަރގް، ޖަރމަނީ، އޮސްޓްރިއާ، ސްލޮވޭނިއާ، ކްރޮއެޝީއާ، ބޮސްނިއާ، ސަރބިއާ، ބަލްގޭރިއާ، ގްރީސް، ތުރުކީ، މިސުރުގައި މަޑުކޮށްފައިވާ އިރު، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެ ދެމީހުންނަށް ސަޢުދީ އަރަބިއާއަށް ދެވުނީ 7 ދުވަހު ދުއްވުމަށް ފަހުއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 1.4 މިލިއަން މީހުން މިހާރު ވަނީ ސަޢުދީއަށް ގޮސްފައެވެ.
މިއަދު އޮންލައިން