އެމެރިކާގެ ޓެކްސަސްއަށް އިއްޔެގެ ވަގުތެއްގައި އެރި "ހަރިކޭން ހަރވޭ"ގެ ބާރު ގަދަވަމުން އަންނަ ކަމަށާއި ގަޑިއަކު 210 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުން އަންނަ ކަމަށް އެ ޤައުމުން ބުނެފިއެވެ.
އެ ޤައުމުގެ ނެޝަނަލް ހަރިުކޭން ސެންޓަރ (އެންއެޗްސީ) އިން ބުނީ ހަރިކޭން ހަރވޭގެ ގިންތި ވަނީ މިހާރު 4 ވަނަ ދަރަޖައަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނީ ހަރިކޭން ހަރވޭ އެރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި 700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ކުއްލި ޙާލަތު އިޢުލާންކޮށްފައިވާ ކަމަށެވެ.