ޗައިނާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި އެ ހަށިތައް ފެނިފައިވަނީ ޕެރޫގެ ހުއާކާ ބެއްލަވިސްތާ ސަރަހައްދުން ކަމަށެވެ. އަދި މިއީ ދެކުނު އެމެރިކާ ސަރަހައްދުން ޕެރޫއަށް އެތެރެވި ބައެއްގެ ހަށިތައް ކަމަށް ބެލެވޭކަމަށްވެސް މި ހަށިތައް ހޯދި އާޗިއޮލޮޖިސްޓުންނާއި ޙަވާލާދީ ޗައިނާގެ ނޫސްތަކުން ބުނެއެވެ.
މި ހަށިތަކުގެ ތެރެއިން 5 މީހެއްގެ ހަށިގަނޑުވަނީ ވަރަށްބޮޑަށް އަވަހަށް ހަލާކުނުވާ ޒާތުގެ ފޭރާމަކުން ކަމަށާއި އަދި މިއީ 1870 އާއި 180 ވަނަ އަހަރާއި ދެމެދުގައި ޕެރޫގައި އަޅުންގެ ގޮތުގައި އުޅުނު ބައެއްކަމަށް ލަފާކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއީ އެ މީހުން ދިރިއުޅުނު ހިސާބުކަމަށް ބެލެވެއެވެ. އެއީ އެ ހަށިތަކާއެކު ބައެއް ގެވެހި ސާމާނުވެސް ފެނިފައިވާތީއެވެ.