17 އަަހަރުގެ އަންހެން ދަރިފުޅު ބަލިވެ އިނުމުން އަނިޔާކޮށް ލޭއޮހޮރުވާލައިފި- މަންމަގެ ޒިންމާ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
17 އަަހަރުގެ އަންހެން ދަރިފުޅު ބަލިވެ އިނުމުން އަނިޔާކޮށް ލޭއޮހޮރުވާލައިފި- މަންމަގެ ޒިންމާ ކޮބާ؟
އުމުރުން 17 އަހަރުގެ އަންހެން ދަރިފުޅު ބަލިވެއިންކަން އެނގުމުން ތަޅުނންގަނޑު މައްޗަށް ވައްޓާލައި ތަޅައި ބޮޑެތި އަނިޔާތައްކޮށް ލޭ އޮހުރުވާލައިފިއެވެ. އަނިޔާކުރީ އޭނާގެ މަންމައެވެ.

ކައިވެނިން ބޭރުން ބަލިވެ އިނުމަކީ މައިން ބަފައިން ޤަބޫލުވެ ރުހޭނެ ކަމެއް ނޫނެވެ. ނަމަވެސް މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ދަރިފުޅަށް މިފަދަ އަނިޔާތައް ކުރުން ހެއްޔެވެ؟

ދަރިން، ޚާއްޞަކޮށް އަންހެން ދަރިން ބަލަހައްޓައި ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު ތިމާމެންނަށް އަދާކުރެވުނު މިންވަރާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލެވޭނެ ނަމައެވެ. "ބޯއިފްރެންޑް" އެއް ހޯދުމުން އެކަމަށް ސަމާލުކަން ދެވުނު މިންވަރު ކޮބައިބާވައެވެ!

މިހާދިސާއަކީ އިނގިރޭސިވިލާތުގައި ހިނގައިފައިވާ ހާދިސާއެކެވެ. މިފަދަ ކަންކަމަކީ ހަމަ އަޅުގަނޑުމެންގެ މުޖުތަމައުގައިވެސް ހިނގަމުންދާ ކަންކަމެވެ. ދިވެހި މައިން ބަފައިންވެސް ވިސްނަންޖެހިފައިވާ ކަންކަމެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އިސްލާމް ދީނުގައި މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔާއިމެދު މާތްﷲގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހެއެވެ. ރަނގަޅުގޮތުގައި މަސްއޫލިއްޔަތު އަދާކޮށްފައިވާނަމަ އެކަމަށް މަތިވެރި ސަވާބާއި ދަރުމަ ލިބެއެވެ. ހަމައެފަދައިން މަސްއޫލިއްޔަތު އަދާކޮށްފައި ނުވާނަމަ އެކަމުގެ ޒިންމާ ވެސް އުފުލަންޖެހެއެވެ.

ދަރިންނަށް އަނިޔާކުރުމަކީ އެއްވެސް ޙާލެއްގައި އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ. އެކަމުގެ ސަބަބުން ލާނީ ދާއިމީ ލަކުނެވެ. ފޮހެލުން ދަތި ލަކުނެވެ. ހައްލަކީ ނަޞޭޙަތެވެ. ތަރުބިއްޔަތެވެ. ދަރިންނަށް ދޭންޖެހޭ ސަމާލުކަން ދިނުމެވެ.

މާލޭގެ މަގުތަކާއި ރެސްޓޯރަންޓްތަކަށް ބަލައިފިނަަމަ ފުރާވަރުގެ ކުދިންތައް މަސްހުނިވެގެން ތިބޭތަން ފެންނަލެއް ދަނީ އިތުރުވަމުންނެވެ. އެކުދިން ހަމައެކަނި ކޮފީއަކުން ނިންމައިލާނެކަމަށް ޤަބޫލުކުރުމަކީ ހަމަ އެންމެ ރަނގަޅުގޮތްބާވައެވެ!

މިއަދު އޮންލައިން