ޗައިނާގެ ސައިބަރ ސެކިއުރިޓީ ލޯ އިންސްޕެކްޝަން ގަވާއިދު އިފްތިތާޙުކޮށްފިއެވެ.
ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އިފްތިތާޙުކުރި ސައިބަރ ސެކިއުރިޓީ ލޯގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް އިންޓަރނެޓް ބޭނުންކުރުމުގައި މިހާރަށްވުރެވެސް ފަސޭހަވެގެންދާނެ ކަމަށް ޗައިނާ އިން ބުނެއެވެ.
މީގެ ކުރިންވެސް ޗައިނާ އިންވަނީ ސައިބަރ ސެކިއުރިޓީ ގަވާއިދެއް އެކުލަވާލާފައެވެ. ނަމަވެސް މިފަހަރުގެ ގަވައިދުގައި އިތުރު ބައިތަކެއް ހިމަނާ، ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުން ކުރެވޭނެ ކަމަށްވެސް ޗައިނާ އިން ބުނެއެވެ.