ޑްރޯން އަކާއި މެދު ކުރި ސުވާލަކުން ލިބުނީ ޙައްޖު ދަތުރެއް

ކިޔުމަށް ހޭދަވާނީ 1މ 55ސ
ޑްރޯން އަކާއި މެދު ކުރި ސުވާލަކުން ލިބުނީ ޙައްޖު ދަތުރެއް
ޤާނާ ގެ ކުޑަ އަވަށަކަށް ނިސްބަތްވާ އުމުރުން ދުވަސްވީ ފިރިހެނަކަށް، އޭނާ ހީވެސް ނުކުރާ ކަހަލަ ރަނުގެ ފުރުސަތެއް ލިބިއްޖެއެވެ. އަލް-ޙަސަން ޢަބްދުﷲ ނަމަކަށް ކިޔާ މިމީހާއަށްޑްރޯން އެއް ފެނުމުން، އޭނާ ކުރި ސުވާލަކަށް ގިނަ ބައެއްގެ ސަމާލުކަމާއިއެހީތެރިކަން ލިބި، މިހާރު އޭނާ ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާގެ މާތްބިމުގައެވެ.

ތުރުކީގެ ނޫސް ޗެނަލަކުން ޤާނާ ގެ އަވަށަށް ދިޔައީ ވީޑިއޯ އެއް ރިކޯޑް ކުރުމަށެވެ. ނަމަވެސް ދިމާވި ކުޑަ ޓްކެނިކަލް މައްސަލައެއްގެ ސަބަބުން އެމީހުން ގެންގުޅުން ޑްރޯން ގޮސް ވެއްޓުނީ އަލް-ޙަސަން ޢަބްދުﷲ ގެ ގޭގެ ދޮރު މައްޗަށެވެ. ވީޑިއޯ ކުރަން އުޅުނު ނޫސްވެރިޔާ ޑްރޯން ނަގަން ދިޔައިރު އޭނާ ހުރީ ޑްރޯން ހިފައިގެންނެވެ.

"އަހަރެން މައްކާއަށް ޙައްޖަށް ގެންދެވޭހާ ބޮޑުކޮށް ވެސް މީތި އުފެއްދި ދާނެތަ؟" ނޫސްވެރިޔާ ފެނުމުން އަލް-ހަސަންސުވާލު ކުރިއެވެ. ނޫސްވެރިޔާ އޭނާގެ ފޮޓޯ ނެގުމަށްފަހުއެވާހަކައާއި އެކު ޓްވީޓް ކުރިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ތުރުކީ ފޮރެން މިނިސްޓްރީ އިންއުމުރުން ދުވަސްވީ އަލް-ޙަސަން ޢަބްދުﷲ ހޯދާ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔުމުގެ ރަނުގެ ފުރުސަތު އޭނާއަށް ދޭނެ ކަމަށާއި ހުރިހާ ޚަރަދެއްވެސް ދޭނެ ކަމަށް ބުނެ އުފާވެރި ޚަބަރު ދިނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުރުކީ ސަރުކާރަށް އަލް-ޙަސަން ޢަބްދުﷲ ހޯދުނީ،ޤާނާ ގައި ހުންނަ ތުރުކީ އެމްބަސީގައި މަސައްކަތް ކުރާ ޕޮލިސް އޮފިސަރެއްގެ އެހީތެރިކަމުންނެވެ.

މައްކާއަށް ދިޔުމުގެ ކުރިން އަލް-ޙަސަން ވަނީ ތުރުކީ އަށް ގޮސްފައެވެ. ޤާނާ ގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ގުރޫޕަކުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވެސް ކިޔާފައެވެ.

" އަހަރެން ހެއްދެވި ފަރާތަށާއި، ޙައްޖުގެ އަޅުކަން އަދާކުރަން އަހަންނަށް މިފުރުސަތު ހޯދާދިން ފަރާތްތަކަށް ޝުކުރުވެރިވަން. ތުރުކީއިން ވަނީ އަހަންނާއި މެދު ވަރަށް އޯގާތެރިކޮށް ކަމޭ ހިތާ އެހީތެރިވެފަ. ޚާއްސަކޮށް އަހަރެންގެ އެޑްރޯން ހާދިސާއަށް މުޅި ދުނިޔެއަށް އެނގުމަށްފަހު އެންމެންވެސް އަހަންނަށް ވަރަށް އޯގާތެރި. އެކަމަށް މާތް ﷲ ޙަޟްރަތަށް އަބަދުމެ ޝުކުރު އަދާ ކުރަން" އަލް-ޙަސަން ޢަބްދުﷲ ބުނެފައިވެއެވެ.
މިއަދު އޮންލައިން