ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އިން ސްޓެފަން ކިންގް ބްލޮކް ކޮށްލުމުން ބަދަލު ހިފައިފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އިން ސްޓެފަން ކިންގް ބްލޮކް ކޮށްލުމުން ބަދަލު ހިފައިފި
ޓްވިޓާ އިން ވެސް "ބްލޮކް" ކުރެވޭގޮތް ތަޢާރަފް ކުރުމުން، އެކަން އެންމެ ގިނައިން ކުރެއްވި އެއް ފަރާތަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

މިފަހަކަށް އައިސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ރައީސްކަން ނުވަތަ ވެރިކަން ކުރާ ގޮތާއި މެދު ފާޑުކީ ގިނަ ބަޔަކު އޭނާގެ ޓްވިޓާ އިން ބޮލްކޮ ކޮށްލާފައެވެ.

އެގޮތުން އެލިސްޓަށް ދާދި ފަހުން އިތުރުވި އެކަކީ މަޝްހޫރު އެކްޓަރ، އޯތަރ އަދި އެކްޓިސްޓް ސްޓެފަން ކިންގް އެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ފަހުން ޓްވިޓާ އިން ސްޓެފަން ކިންގް ބްލޮކް ކޮށްލާފައެވެ.

ނަމަވެސް ކާމިޔާބު ގިނަގުނަ ވާހަކަ ލިޔެފައިވާ ސްޓެފަން ކިންގް ނިންމީ، ޑޮނަލްޑް ގެ މިއަމަލާއި އަޅާނުލާ ދޫކޮށްނުލުމަށެވެ. އެކި ފަހަރު މަތިން ޑޮނަލްޑް ޓްރަމްޕް އަށް ނުރުހުން ފާޅުކޮށްފައިވާ ސްޓެފަން ކިންގް ޓްވިޓާގެ ޒަރީޢާއިން ބުނެފައިވަނީ ޑޮނަލްޑް ޓްރަމްޕް އޭނާ ބްލޮކް ކޮށްލައިފި ކަމަށާއި، އެހެންކަމުން އޭނާގެ އެންމެ ފަހުގެ ފިލްމް "މިސްޓަރ މަރސީޑީސް" އާއި "އިޓް" ބެލުމުުން ޑޮނަލްޑް ޓްރަމްޕް ބްލޮކް ކޮށްލާ ކަމަށެވެ.

މިކަން ކުރާނެ ގޮތެއް އޭނާ ސާފުކޮށްދީފައި ނުވި ކަމުގައި ވިޔަސް، އޭނާ ބުނެފައިވަނީ "މިސްޓަރ މަރސީޑީސް" އާއި "އިޓް" އަކީ މިހާތަނަށް ނިކުތް އޭނާގެ ވާހަކަތަކުގެ ތެރެއިން އެންމެ މަޤްބޫލު ވާހަކައަށް ވާނެ ކަމަށާއި، ނަމަވެސް އެބެލުމުން ޑޮނަލްޑް ޓްރަމްޕް މަޙްރޫމް ކޮށްލާނެ ކަމަށެވެ.

މިއަދު އޮންލައިން