އިޒްރޭލު ރައްޔިތުންނަށްވެފައިވާ ފަލަސްޠީން ރައްޔިތުން ހައްޖުވުމަށް އަދިވެސް ބޮޑެތި ދަތިތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިޒްރޭލު ރައްޔިތުންނަށްވެފައިވާ ފަލަސްޠީން ރައްޔިތުން ހައްޖުވުމަށް އަދިވެސް ބޮޑެތި ދަތިތަކެއް!
1984 ވަނަ އަހަރު ކުރި ފަލަސްޠީނު ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި ތިބި ފަލަަސްޠީނުގެ ރައްޔިތުންގެ ތެރެއިން އިޒްރޭލުގެ ރައްޔިތުންނަށް ވެފައިވާ ފަލަސްޠީނުގެ ރައްޔިތުން ހައްޖުވުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.

ސައުދިއަރަބިޔާއަކީ ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް ޤަބޫލުކުރާ ޤައުމެއް ނޫނެވެ. ޔަހޫދީ ދައުލަތުގެ ރައްޔިތުންނަކަށް ސައުދިއަރަބިޔާއަށް އެތެރެއެއް ނުވެވޭނެއެވެ.

އެހެންކަމާއިއެކު 1977 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ ވަޒަންވެރިންނަށްވެފައިވާ ފަލަސްޠީން ރައްޔިތުންނަށް ޖެހެނީ އުރުދުންއަށް އެތެރެވުމަށްފަހު އިޒްރޭލުގެ ލިޔުން ދައްކައި އެލިޔުމުގެ މައްޗަށް އުރުދުންގެ ވަގުތީ ޓްރެވެލް ޑޮކިޔުމަންޓެއް ހަދައިގެން އެ ޑޮކިޔުމަންޓުގައި ސައުދިއަރަބިޔާއަށް ދަތުތުރުކުރާށެވެ. އެއަށްފަހު ސައުދިއަރަބިޔާގައި އެމީހުން އުޅެމުން ގެންދާނީ އުރުދުންގެ ރައްޔިތުންގެ ގޮތުގައެވެ.

މިކަންކަމުގެ ސަބަބުން ހައްޖުވުމަށް އުފުލަންޖެހޭ ތަކުލީފްތައް އިތުރުވެ ކުރަންޖެހޭ ޚަރަދުތައްވެސް އިތުރުވެއެވެ. މިކަންކަމަށް ހައްލެއް ހޯދަން ދަނީ މަޝްވަރާކުރެވެމުންނެވެ. ކޮންމެ އަހަރަކުވެސް އިޒްރޭލުގެ ރައްޔިތުންނަށް ވެފައިވާ ފަލަސްޠީނުގެ 500 ވަރަކަށް މީހުންނަށް ހައްޖު ކޯޓާ ދޫކުރެއެވެ.
މިއަދު އޮންލައިން