ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރ ބާއްވައިފި

ކިޔުމަށް ހޭދަވާނީ 51ސ
ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރ ބާއްވައިފި
ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރ ބާއްވައިފިއެވެ.

އިއްޔެ ބޭއްވި ޓުއަރގައި ވަނީ ވިލިމާލެ އާއި ހުޅުމާލެއަށް ޒިޔާރަތްކޮށް ގިނަ ތަންތަން ބަލާފައެވެ. އެގޮތުން ޝުގަރ ފެކްޓްރީ އާއި ވިލިމާލެ ފިޝް ވިލެޖު ފަދަ ތަންތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން ވިލިމާލޭގައި އިއްޔެ ބޭއްވި އެ އަވަށް ސާފުކުރުމުގެ ޕްރޮގްރާމުގައިވެސް ވަނީ ބައިވެރިވެފައެވެ.

ހުޅުމާލެއަށް ކުރި ޒިޔާރަތުގައި ރެޖްފޯމް ފެކްޓްރީ އާއި ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށްފައެވެ.

މި ހަރަކާތާއިބެހޭގޮތުން ބައިކް މޯލްޑިވްސް އިން ބުނީ މިފަދަ ޓުއަރތައް ބޭއްވުމުގެ ބޭނުމަކީ ހަމައެކަނި ބައިސްކަލް ދުއްވުން ނޫން ކަމަށެވެ. އަދި މިފަދަ ޓުއަރތަކުގެ ސަބަބުން އެކުދިންގެ ސިކުނޑި ހުޅުވާލަން ޖެހޭކަމަށެވެ.

"މިފަދަ ޓުއަރތަކުގެ ސަބަބުން އެކުދިން ބޮޑުވެގެން ކުރާނެ މަސައްކަތް ދެނެގަންނަން ފަސޭހަވާނެ. އެކުދިންނަށް އެނގޭނެ ރާއްޖޭގައިވެސް ކުރެވޭނެ ބައިވަރު މަސައްކަތްތައް އެބަހުރިކަން" ބައިކް މޯލްޑިވްސް އިން ބުންޏެވެ.
މިއަދު އޮންލައިން