ޗައިނާގެ ޕެންޝަން ސްކީމަށް މީހުން އަހުލުވެރިވުން ކުޑަ – އެކަމަކު ރާއްޖޭގައި ގިނަބަޔަކު ވަނީ އަހުލުވެރިވެފަ...

ކިޔުމަށް ހޭދަވާނީ 1މ 18ސ
ޗައިނާގެ ޕެންޝަން ސްކީމަށް މީހުން އަހުލުވެރިވުން ކުޑަ – އެކަމަކު ރާއްޖޭގައި ގިނަބަޔަކު ވަނީ އަހުލުވެރިވެފަ...
ޗައިނާއަކީ ދުނިޔޭގެ އާބާދީ އެންމެ ބޮޑު ޤައުމެވެ. އެ ޤައުމުގެ އާބާދީގައި 1,388,232,693 މީހުން ދިރިއުޅެއެވެ. ވަސީލަތްތައްވެސް ގިނައެވެ. އެހެނަސް ރާއްޖެއަކީ ކުޑަ ޤައުމެކެވެ. އާބާދީވެސް ކުޑައެވެ. އެންމެ 376,740 މީހުންނެވެ.
ދައްކަން މިއުޅެނީ އާބާދީ ބޮޑު ވާހަކައެއް ނޫނެވެ. އަދި ވަސީލަތްތަކުގެ ވާހަކައެއްވެސް ނޫނެވެ.

ޕެންޝަން ސްކީމުގެ ވާހަކައެވެ. ޗައިނާގައިވެސް އޮންނަނީ ރާއްޖޭގައި އޮންނަ ކަހަލަ ޕެންޝަން ސްކީމެކެވެ.

2014 ވަނަ އަހަރުގެ ޖުލައި މަހު އުފައްދާފައިވާ "ހައުސް ފިރ ޕެންޝަން " ސްކީމަކީ ރާއްޖެއެކޭ އެއްގޮތަށް އެމީހެއްގެ މުސާރައިން ވަކި ޢަދަދަކާއި ވަޒީފާދޭ ފަރާތުން ވަކި ޢަދަދެއް ޖަމާކުރާގޮތަށް އުފައްދާފައިވާ ސްކީމެކެވެ.

އަޖުމަ ބެލުމުގެ ގޮތުން އުފެއްދި މި ސްކީމް ބެއިޖިންގ، ޝަންހާއީ، ގުއަންޒޫ އަދި ވުހާންގައި ތަޢާރަފް ކޮށްފައިވާ އިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ސްކީމުގައި ބައިވެރިވެފައިވަނީ އެންމެ 65 ފަރާތުން ކަމަށް ޗައިނާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިހެންވެފައިވަނީ ގިނަ ޢާއިލާތަކުން ދިރުއުޅެމުން އަންނަނީ ޢާއިލާގެ އެހެން މެމްބަރުންގެ އެހީތެރިކަމުގައި ކަމަށްވާތީ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެ ޤައުމުގެ މީހުންގެ މުސާރައިގެ ނިސްބަތަށް ބަލާއިރު، މަހެއްގެ މައްޗަށް ގާތްގަޑަކަށް 5 ހާހާއި 10 ހާހާދެމެދުގެ ޢަދަދަކަށް ފަންޑަށް ފައިސާ ޖަމާވާނެއެވެ. އެއީ ގާތްގަޑަކަށް 752 އާއި 1505 ދެމެދުގެ ޑޮލަރެވެ.

ކޮންމެއަކަސް ވަސީލަތްތަކާއި ޓެކްނޮލޮޖީ ކިތަންމެ ވަރުގަދަޔަސް މީހުން އަހުލުވެރިކުރުމަކީ ތަފާތު ކަމެއްކަން ރާއްޖެއިން މިވަނީ ހާމަކޮށްދީފައެވެ.
މިއަދު އޮންލައިން